ads
މަބްރޫކް އަޒީޒް---
ރައީސް އޮފީހުގެ ތަރުޖަމާނަކަށް މަބްރޫކް ހަމަޖައްސައިފި
ރައީސް އޮފީހުގެ ތަރުޖަމާނު ކަމުގައި ހުންނެވި، އިބްރާހިމް ހޫދު އެ މަގާމުން ވަކިކޮށް ތަރުޖަމާނު ކަމަށް މަބްރޫކް އަޒީޒް އައްޔަންކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނުގެ ރަސްމީ ޓްވީޓާ އެކައުންޓުން ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ، އެ އޮފީހުގެ ތަރުޖަމާނު ކަމަށް މަބްރޫކް އައްޔަން ކުރައްވާފައި ކަމަށެވެ.

މިހާރު ވަނީ އެ ޓްވީޓާ އެކައުންޓުގެ ނަން މަބްރޫކްގެ ނަމަށް ބަދަލުކުރެވިފަ އެވެ. 

މަބްރޫކްއަކީ އެމްޑީޕީގެ މެމްބަރެކެވެ. އޭނާ ވަނީ މިދިޔަ މަޖިލިސް އިންތިހާބުގައި ފެލިދޫ ދާއިރާއަށް ވާދަކުރައްވާފަ އެވެ. 

ގިނަ ބަޔަކަށް މަބްރޫކް އެނގިގެންދިޔައީ ކޮވިޑް ޕްރެސްތަކުންނެވެ. އެ ޕްރެސްތަކުގައި އޭނާ ބައިވެރިވެވަޑައިގަތީ ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނުގެ ގޮތުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް