ads
ބަޝަންދުރާ ކިންގްސްގެ މެންބަރުން ތައްޓާއެކު
ބަންގްލަދޭޝް ފެޑެރޭޝަން ކަޕް ބަޝަންދުރާއިން ކާމިޔާބުކޮށްފި
ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަން ކަޕް ވިދިވިދިގެން ދެވަނަ ފަހަރަށް ބަޝަންދުރާ ކިންގްސްއިން ކާމިޔާބުކޮށްފިއެވެ. ބަޝަންދުރާ ޗެމްޕިއަންކަން ހޯދީ އާދިއްތަ ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗުގައި ސައިފް ސްޕޯޓިން ކްލަބު އެއް ލަނޑު ސުން ލަނޑުން ބަލިކޮށްގެނެވެ.

ވިދިވިދިގެން ދެވަނަ ފަހަރު ފެޑެރޭޝަން ކަޕު ކާމިޔާބުކުރުމާ އެކު ބަޝަންދުރާ ކިންގްސްއަށް ވަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ޕްލޭ އޮފް ޖާގައެއް ކަށަވަރުވެފައެވެ. ކުރިން ރާއްޖޭގެ ނިއުރޭޑިއަންޓަށް ކޯޗުކޮށްދިން ސްޕެއިންގެ އޮސްކާ ބްރޫޒޯންގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބަޝަންދުރާއަކީ ބަންގްލަދޭޝް ލީގު ޗެމްޕިއަނުންގެ ހައިސިއްޔަތުން މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގައިވެސް ކުޅުނު ޓީމެކެވެ. އެހެންނަމަވެސް އެ މުބާރާތް ކޮވިޑާ ގުޅިގެން ކެންސަލް ކުރީއެވެ. 

ފެޑެރޭޝަން ކަޕުގެ ފައިނަލުގައި ބަޝަންދުރާއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޗިލީގެ ފޯވާޑެވެ. 

ބަޝަންދުރާ ކިންގްސްއަކީ މިއަހަރުގެ އޭއެފްސީ ކަޕުން ވެސް ޖާގަ ހޯދާފައިވާ ޓީމެކެވެ. ކޮވިޑާ ގުޅިގެން މުބާރާތްތައް ފަސްވެފައިވާތީ މިއަހަރުގެ އޭއެފްސީ ކަޕު ކުޅޭނެ ތާރީހުތަކެއް އޭއެފްސީން އަދި ކަނޑަނާޅައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް