ads
އިސްލާމިކް މިނިސްޓްރީ--
ޒަކާތު ފަންޑުން ހާއްސަ އެހީ ނުލިބުނު މީހުންނަށް ޝަކުވާ ހުށަހަޅަން ހުޅުވައިލައިފި
ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީ ދިނުމަށް ހާއްސަ އެހީއަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައެޅި ދަރިވަރުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީ ދިނުމަށް ހާއްސަ އެހީގެ ނަމުގައި ހުޅުވާލެވުނު ފުރުސަތުގައި ލިޔެކިޔުންތައް ފުރިހަމަ ނުވުމުގެ ސަބަބުން ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަންތަކާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އިއްޔެއިން ފެށިގެން މިމަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:00 ގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން އިއުލާން ކޮށްފައިވެއެވެ.

އިސްލާމިކް މިނިސްޓްރީންއިން ވަނީ އޮންލައިންކޮށް ވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ޝަކުވާ ހުށަހަޅާ ނަމަ މިނިސްޓްރީގެ ވެބްސައިޓް އިން ނުވަތަ އެ މިނިސްޓްރީގެ ކައުންޓަރަށް ފޯމް ހުށަހެޅޭނެއެވެެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަސާސީ ޝަރުތުތައް (ސުންގަޑި ހަމަވުމަށް ފަހު ހުށަހަޅާފައިވާ އެޕްލިކޭޝަންތަކާއި، ކޯހުގެ ފުރަތަމަ ސެމިސްޓާގެ ކިޔެވުން ފުރިހަމަކޮށްފައި ނުވާ އެޕްލިކޭޝަންތަކާއި، ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައިވާ ލެވެލް ފަހަކުން ދަށުގެ ކޯސްތަކަށް ކިޔެވުމަށް އެހީއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކަށް) ހަމަނުވާ އެޕްލިކޭޝަންތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނެތް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް