ads
ހަތިޔާރާއިއެކު ސިފައިން ކުރިއަށް ގެންގޮސްފައިވާ ތަމްރީނެއްގެ ތެރެއިން
ސިފައިންގެ ތަމްރީނުތަކެއް ހުޅުމާލޭ ފޭސް ދޭއްގައި
ހުޅުމާލެ ފޭސް ދޭއްގައި އެމްއެންޑީއެފްއިން ތަމްރީންތަކެއް ބާއްްވަން ނިންމާފައިވާ ކަމަށް ބުނެފިއެވެ.

އެމްއެންޑީއެފް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެމްއެންޑީއެފްއިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނެއް މިމަހު 16 އަށް ހުޅުމާލެ ފޭސް-2 ގައި ބޭއްވުމަށް ހަމެޖެހިފައިވާ ކަމަށެވެ.

އަދި މި ތަމްރީނުގައި ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރާނެ ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފް އިން ގެންދަނީ ހުޅުމާލޭގައި އާއި ރާއްޖޭގެ އެކި އެކި ކަންްކޮޅުތަކުގައި ވެސް ތަމްރީންތައް ކުރިއަށް ގެންދަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް