ads
ފޮޓޯ: ފުލުހުން
އިދިކޮޅުން ޖެންޑާ މިނިސްޓްރީ ދޮށުގައި އިހުތިޖާޖުކުރަނީ
އިދިކޮޅުން ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު މުހައްމަދު ދީދީއާ ބައްދަލުކުރުމަށް އެދި މީގެ ތިން މަސް ކުރިން ފޮނުވި ސިޓީއެއްގެ ޖަވާބު ނުލިބި ލަސްވާތީ އެ މިނިސްޓްރީ ދޮށުގައި އިހުތިޖާޖުކުރަން ފަށައިފި އެވެ.

އިދިކޮޅު ޕީޕީއެމުން ބުނީ 19 އޮކްޓޫބަރުގައި ޖެންޑާ މިނިސްޓަރާ ބައްދަލުކުރުމަށް އެދި ސިޓީއެއް ފޮނުވި ނަމަވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ. 

އެގޮތުން މިއަދު އެ މިނިސްޓްރީ ދޮށުގައި އިހުތިޖާޖުކުރަމުން އަންނަނީ ރޭޕް އާއި ޖިންސީ ފުރައްސާރަ މައްސަލަތަކަށް އިންސާފު ނުލިބި ލަސްވަމުންދާތީ ކަމަށް ބުނެ އެވެ. 

އެ ސަރަހައްދުގައި މިވަގުތު ފުލުހުން ވެސް ހަރަކާތްތެރިވަމުން އަންނައިރު ފުލުހުން އަންނަނީ އިހުތިޖާޖުގެ ބައިވެރިން ދުރަށް ޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް އެ އިހުތިޖާޖުން ވަނީ ފަސް މީހަކު ހައްޔަރުކޮށްފައި ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ. 

އެ އިހުތިޖާޖުގައި އިދިކޮޅުގެ ގިނަ ބަޔަކު ބައިވެރިވަމުން އަންނައިރު ފެނިގެންދަނީ ޕޯސްޓަރުތަކާއެކު ތިބި މަންޒަރެވެ. އެގޮތުން ރޭޕާއި ޖިންސީ ގޯނާއި ފަދަ ކަންކަން ހުއްޓުވައި، އެފަދަ ކަންކަން ކުރާ މީހުން އިންސާފުގެ ކުރި މައްޗަށް ގެނައުމަށް ދަނީ ގޮވާލަމުންނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް