ads
ޝާން--
ޖީހާންގެ ފިރިކަލުންގެ މައްޗަށް ޖިންސީ ގޯނާގެ ދައުވާ އުފުލައިފި
މިދިޔަ އަހަރު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކާ ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ލ. ގަން، ތުނޑި، ނޫރަންގެ، އަބްދުﷲ ޝާންގެ މައްޗަށް ދައުވާކޮށްފި އެވެ.

ޝާންއަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދުގެ ފިރިކަލުންނެވެ.

ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ބުނީ މިދިޔަ އަހަރުގެ ޖޫން 26 ގައި ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކާއެކު ގަދަކަމުން ޖިންސީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ޝާންގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާ ކަމަށެވެ. 

އެގޮތުން މިމަހުގެ ހަވަނަ ދުވަހު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް އެމައްސަލަ ހުށަހަޅާފައިވާއިރު އޭނާގެ މައްޗަށް ކުރަނީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާގެ އިތުރުން ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އެވެ. 

ސަފާރީގައި ކެންޔާ އަންހެނަކު ރޭޕްކުރި ކަމަށް ބުނެ މައްސަލަ ފެންމަތިވެގެން އައި ނަމަވެސް ފުލުހުން ބުނެފައި ވަނީ އެއީ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށެވެ. 

އެ މައްސަލައާ ގުޅިގެން ކުށުގެ ވެށިން 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ނަމަވެސް އެ ދެ މީހުން ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތް ކަމަށް ބުނެ ދޫކޮށްލުމާއި އެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އަދި ވިކްޓިމްގެ ބަޔާން ބަދަލުކުރުމަށް ފުލުހުން މަސައްކަތްކުރި ކަމަށް ތުހުމަތުކޮށް ވިކްޓިމްގެ ވަކީލަކު ވަނީ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާއަށް ދޫކޮށްލާފަ އެވެ. އެހެންނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް