ads
ފައުޒާން-
ފައުޒާންގެ ހަނދާނުގައި ސްކޫލުތަކުގައި އެއް މިނެޓުގެ ސުކޫތެއް
މިދިޔަ ހޮނިހިރު ދުވަހު ގެނބިގެން މަރުވި ފުވައްމުލަކު ސްކޫލުގެ ދަރިވަރު އަހުމަދު ފައުޒާންގެ ހަނދާނުގައި ރާއްޖޭގެ ސުކޫލުތަކުގައި އެއް މިނެޓްގެ ހިތާމައިގެ ސުކޫތެއް މިއަދު ގެނެސްފި އެވެ.

އެ ސުކޫތަކީ އަހުމަދު ފައުޒާން އެންމެ ފަހު ވަގުތު ވެސް ދެއްކި ހިތްވަރުގެ ހަނދާން އާކޮށް ފައުޒާނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދި ދުއާކުރުމަށްޓަކައި ހުރިހާ ސްކޫލުތަކުން ހިއްސާކުރި ހާއްސަ އެއް މިނެޓެވެ.

ފައުޒާނަކީ އެންމެންނާ ވެސް ގުޅިގެން އުޅޭ، ސްކޫލު ދަރިވަރުންގެ ވަރަށް ގާތް އެކުވެރިއެއް ކަމަށާއި ފުވައްމުލަކު ސްކޫލަށް ނުހަނު މުހިންމު، އަހުލާގު ރަނގަޅު ދަރިވަރެއް ކަމަށް އެ ސްކޫލުން ބުނެ އެވެ.

އަދި ފައުޒާން ވަކިވެގެން ދިޔައީ ތިމާގެ އަމިއްލަ ފުރާނައަށް ވުރެ އަނެކުންނަށް އެހީތެރިވުމާއި އަނެކުންގެ ހިތާމަތައް ފިލުވައުދިނުމަށް އަބަދުވެސް އިސްކަންދިނުން މުހިންމުކަން އަމަލުން ދައްކައިދެމުން ކަމަށް އެޑިއުކޭޝަން މިނިސްޓަރީން ވަނީ ބުނެފަ އެވެ.

އުމުރުން 17 އަހަރުގެ ފައުޒާން މަރުވީ ގެނބިގެން އުޅުނު ކުދިންތަކެއް ސަލާމަތް ކުރަން ގަދަ އޮއިވަރުގެ ތެރެއަށް ފުންމާލައިގެން އުޅުމުގެ ތެރޭގަ އެވެ. ފައުޒާން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ މޫދު އަޑިންނެވެ. އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް