ads
ޑރ. ނިޔާފް ވިދާޅުވީ އެންމެ އެދެވެނީ ގާތުންދޭ އިރު ކޮފީ ނުބުއިން ކަމަށް--
ގާތުންދޭ މައިންނަށް ބޮވޭނީ ދުވާލަކު ކިތައް ތަށި ކޮފީ؟
މާބަނޑު ދުވަސްވަރާއި ތުއްތު ދަރިފުޅަށް ގާތުންދޭ ދުވަސްވަރަކީ ތަންކޮޅެއް ބޮޑަށް ސިއްހަތަށް ސަމާލުކަން ދޭން ޖެހޭ ދުވަސްވަރެކެވެ. އެގޮތުން ވަކި ބާވަތްތަކުގެ ކާނާ އާއި ދުރުވެ، ގިނައިން ފެން ބޮއެ، ކަސްރަތުކޮށް ހެދުމަށް ވިސްނަން ޖެހެ އެވެ.

ދިވެހި އަންހެނުންގެ ތެރެއިން ގިނަ ބަޔަކީ ކެފެއިން ހިމެނޭ ބުއިންތައް ކަމަށްވާ ކަޅު ސައި އަދި ކޮފީ ބުއިމުގެ އާދަ ގެންގުޅޭ ބަޔެކެވެ. އެހެންކަމުން މާބަނޑު އިރާއި ގާތުންދޭ އިރު ކެފެއިން ހިމެނޭ ބުއިންތައް ބޮވޭނެތޯ އުފެދޭ ސުވާލު މުހިއްމު ވެއެވެ.

އާދަކޮށް ކޮފީ ބޯ މީހުންނަށް ކޮފީ ބުއިން ހުއްޓާލުމަކީ މާ ފަސޭހަ އަދި އެހާ ކުރަން ބޭނުންވާ ހިތްވާ ކަމެއް ނޫނެވެ. ނަމަވެސް ތުއްތު ދަރިފުޅަށްޓަކައި ކޮފީ ބުއިން އެއްކޮށް ހުއްޓާލާ މަންމައިން ދިވެހި އަންހެނުންގެ ތެރޭގައި ވެސް ހިމެނެ އެވެ.

ހަމަ އެގޮތަށް މާބަނޑު އިރާއި ގާތުންދޭ އިރު ކޮފީ ބުއިމަށް ރައްކާތެރި މިންވަރަކީ ކޮބައިތޯ ބަލާ، އެ މިންވަރަށް ކޮފީ ބޯ މީހުން ވެސް އެބަ އުޅެ އެވެ. މި ފަހަރު ސޯޝަލް މީޑިއާއިން ލޮލުގައި އަޅައިގަތީ ރާއްޖޭގެ މަޝްހޫރު ދެ ޑޮކްޓަރުން ޓެގުކޮށް މީހަކު އެ ސުވާލުކޮށްފައި ވަނިކޮށެވެ. 

ކުޑަކުދިންގެ ހާއްސަ ދެ ޑޮކްޓަރުން ކަމަށްވާ ޑރ. އަހްމަދު ފައިސަލް އާއި ޑރ. އަބްދުލާ ނިޔާފް ޓެގުކޮށް މީހަކު ޓްވިޓާގައި އަހާފައިވަނީ ގާތުންދޭ އިރު ކޮފީ ބުއިން ރައްކާތެރިތޯ އެވެ. އަދި ރައްކާތެރި ނަމަ ދުވާލެއްގެ މައްޗަށް ބޮވޭނީ ކިތައް ތަށި ތޯ އެވެ. 

އެ ސުވާލުގެ ޖަވާބުގައި ނިޔާފް ވިދާޅުވީ އެންމެ އެދެވިގެންވާ ގޮތަކީ ކޮފީ ނުބޮއި ވާން އޮންނަ ނަމަ ނުބުއިން ކަމަށެވެ. އަދި އެއް ތަށި ކޮފީއިން ގެއްލުމެއް ނުވާނެ ކަމަށާއި އެކަމަކު ކޮފީ ނުބުއިން މާ ރަނގަޅު ވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

އޭގެ އިތުރުން ކޮފީ ތައްޓެއްގެ ސައިޒު ތަފާތުވުމާއި އެކި ބްރޭންޑުގެ ކޮފީގައި ހިމެނޭ ކެފެއިންގެ މިންވަރު ތަފާތުވާނެ ކަން ވެސް ނިޔާފް ފާހަގަކުރެއްވި އެވެ. ކެފެއިންގެ "ސޭފް ޑޯޒް" ނުވަތަ ރައްކާތެރި މިންވަރާ ބެހޭ ވަކި ސީދާ ނިންމުމެއް ނޯންނަ ކަމަށް ވިދާޅުވި އެވެ.

މި ސުވާލާ ގުޅިގެން ސޯޝަލް މީޑިއާގައި ކޮމެންޓު ކުރި ބައެއް މަންމައިން ވަނީ އެމީހުން ކަންތައް ކުރާ ގޮތް ހިއްސާކޮށްފަ އެވެ. އެގޮތުން ބައެއް މީހުން ކޮފީ ބުއިން ހުއްޓާލާފައިވާ ކަމަށް ބުނާއިރު ބައެއް އެހެން މީހުން ބުނެފައި ވަނީ ދުވާލަކު އެއް ތަށި ބޯ ކަމަށެވެ. ގާތުނ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް