ads
ވިރާޓް އާއި އަނުޝްކާ--
އަނުޝްކާ ވިހައިފި
ބޮލީވުޑުގެ މަޝްހޫރު ތަރި، އަނުޝްކާ ޝަރްމާ މަންމަ އަކަށް ވެއްޖެ އެވެ.

އަނުޝްކާ އާއި ކާމިޔާބު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ ކައިވެނިކުރީ 2017 ވަނަ އަހަރު އިޓަލީގަ އެވެ. އެމީހުންގެ ކައިވެންޏަށް އަލަތު ދަރިފުޅު މިއަދު ލިބިފައިވާއިރު އެކަން ހިއްސާކޮށް ވިރާޓް ބުނީ ލިބިފައި ވަނީ އަންހެން ކުއްޖެއް ކަމަށެވެ.

ސަޕޯޓަރުންނަށް އެ ހަބަރު ހިއްސާކޮށް ވިރާޓް ބުނީ އަނުޝްކާ އާއި ދަރިފުޅުގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި އެންމެންގެ ފަރާތުން ލިބޭ ލޯތްބާއި މަރުހަބާގެ މެސެޖްތަކަށް ވެސް ޝުކުރު އަދާކުރެ އެވެ. 

ވިރާޓް ވަނީ މިވަގުތު އެމީހުންގެ ޕްރައިވަސީއަށް އިހުތިރާމުކުރުމަށް ވެސް އެދިފަ އެވެ.

ބޮލީވުޑުގެ އެންމެ ލޯބި ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާނީ އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީ އެވެ. އެ ދެމަފިރިންނަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދާއިރު ޕަޕަރާޒީންގެ ލެންސުތައް އަބަދުވެސް މި ދެތަރިންނަށް އަމާޒުވެ އެވެ. ވަކިން ހާއްސަކޮށް އަނުޝްކާ ބަނޑުބޮޑުކަން އިއުލާންކުރި ފަހުން އެކަން ބޮޑުވެގެންދިޔައިރު އެކަމާއި ހިތްހަމަނުޖެހިގެން މިފަހުން އަނުޝްކާ ވާހަކަ ވެސް ދެއްކި އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް