ads
ޖެންޑާ މިނިސްޓްރީ ދޮށުގައި އިދިކޮޅުން ކުރި އިހުތިޖާޖުގެ ތެރެއިން-- ފޮޓޯ: ޕީޕީއެމް
އިދިކޮޅުގެ ސިޓީއަށް ޖަވާބުދިނިން: ޖެންޑާ
އިދިކޮޅުން ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު މުހައްމަދު ދީދީއާ ބައްދަލުކުރުމަށް އެދި ފޮނުވި ސިޓީއަށް ޖަވާބުދީފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން މިގޮތަށް ބުނެފައި މިވަނީ 19 އޮކްޓޫބަރުގައި ޖެންޑާ މިނިސްޓަރާ ބައްދަލުކުރުމަށް އެދި ސިޓީއެއް ފޮނުވި ނަމަވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާތީ ކަމަށް ބުނެ އެ މިނިސްޓްރީ ދޮށުގައި އިދިކޮޅުން މިއަދު އިހުތިޖާޖުކުރުމާއި ގުޅިގެންނެވެ. 

ޖެންޑާ މިނިސްޓްރީގެ ޑައިރެކްޓާ ކޮމިއުނިކޭޝަން އިބްރާހީމް މުހައްމަދު ވިދާޅުވީ ކޮވިޑް-19 ގެ މުއްދަތުގައި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ޖެންޑާ މިނިސްޓަރާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެން 19 އޮކްޓޫބަރުގައި ފޮނުވި ކަމަށް ބުނާ ސިޓީ މިނިސްޓްރީއަށް ލިބިފައިވަނީ ވިހި ވަނަ ދުވަހު ކަމަށެވެ. 

އެ މުއްދަތުގެ ތެރޭގައި މިނިސްޓަރު ނުރަސްމީ ދަތުރެއްގައި ރާއްޖޭން ބޭރަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާތީ، ފަހުގެ ތާރީހެއްގައި އެ ފަރާތާ މުއާމަލާތު ކުރާނެ ވާހަކަ 22 އޮކްޓޫބަރުގައި އީމެއިލް މެދުވެރިކޮށް ވާނީ އެންގިފައި ކަމަށް ވިދާޅުވީ އެވެ. އަދި އެ ސިޓީއާ ގުޅިގެން ކުރަންޖެހޭ ކަންކަން މިނިސްޓްރީން ފުރިހަމަކޮށް އެ ފަރާތްތަކާއި ބައްދަލުކުރާނެ ކަމަށް ވިދާޅުވީ އެވެ. 

މިއަދު އެ މިނިސްޓްރީ ދޮށުގައި އިހުތިޖާޖުކުރީ ރޭޕް އާއި ޖިންސީ ފުރައްސާރަ މައްސަލަތަކަށް އިންސާފު ނުލިބި ލަސްވަމުންދާތީ ކަމަށް ބުނެ އެވެ. 

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް