ads
އަދާ ހާން
އަދާ ހާން ސިންގަލްކޮށް ހުންނަނީ ކީއްވެގެންކަން އިނގޭތަ؟
ހިންދީ އެކި ސީރީޒްތަކުން ގިނަ ބައެއްގެ މަގުބޫލު ކަމާއި ލޯބި ހޯދައިފައިވާ އަދާ ހާން އަދިވެސް ހުސްކޮށް ހުންނަ ވާހަކައަކީ ގިނަ ބަޔަކު ދައްކާ ވާހައެކެވެ. އެހާ ރީތި ކުއްޖެއް ލޯވިބެރިޔަކު ނެތި ހުންނަނީ ކީއްވެތޯ އެއީ ވެސް ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ.

މީހުންގެ މި ވާހަކަތަކަށް އަދާ ވަނީ ވަރުގަދަ ރައްދެއް ދީފައެވެ. އޭނާގެ ލޯބީގެ ފަލްސަފާގެ ހިތި ތަޖުރިބާ އޭނާ ކިޔައިދިނެވެ.

ޒީ ޓީވީން ގެންނަ ޕްރޮގްރާމެއްގައި އަދާ ބުނި ގޮތުގައި އޭނާ ވަނީ ލޯބީގެ ދުނިޔޭގައި ކެހިވެރިކަމާ ކުރިމަތިލާން ޖެހިފައެވެ. ދުވަހަކުވެސް އިތުބާރު ގެއްލުވާ ނުލާނަމޭ ބުނި ބައިވެރިޔާ އޭނާގެ ހިތް ކުދިކުދި ކޮށްލި ކަމަށް އަދާ ބުންޏެވެ.

އަދާ ކިޔައިދިން ގޮތުގައި އޭނާގެ މަންމަ ކެންސަރުގެ ބަލީގައި އެންމެ ފަހު ދުވަސްތައް ގުނަމުން ދަނިކޮށް ދެން އޭނާއަށް އިވުނު އަޑަކީ އޭނާގެ ލޯބިވެރިޔާ ބޭވަފާތެރިވާ ވާހަކަތަކެވެ. ނަމަވެސް އޭނާ އެ ވާހަކަތަކަށް ބީރު ކަންފަތެއް ދިން ކަމަށް އަދާ ބުންޏެވެ.

ދުވަސްތަކެއް ފަހުން އޭނާގެ މަންމަ ދުނިޔެއާ ވަކިވެ އަދާ އޭނާގެ ލޯބިވެރިޔާއަށް އެންމެ ބޭނުންވި ވަގުތު އެ ފިރިހެން ކުއްޖާ އަދާގެ ހިތުގައި ފައިން ޖަހައިފައި ދިޔައީ އެހެން އަންހެން ކުއްޖެއް ކައިރިއަށް ކަމަށް ވެސް އޭނާ ބުންޏެވެ.

your imageއަދާ ހާން

އޭގެ ފަހުން ލޯތްބަށް އޭނާ ކުރި އިތުބާރު ގެއްލިގެން ދިޔައެވެ. އެތައް އަހަރުތަކެއް ވަންދެން އޭނާ ހުސްކޮށް ހުރުމަށް ފަހު އަނެއްކާވެސް ލޯބީގެ ގުޅުމަކަށް ދިޔަކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ގުޅުމުން ވެސް އޭނާއަށް ލިބުނީ ކެއްސެވެ.

އެހެންކަމުން އޭގެ ފަހުން އޭނާ އަދި ކުއްޖަކާ ލޯބީގެ ގޮތުން ގުޅެން ނުވިސްނާ ކަމަށާއި މިހާރު އޭނާގެ އަމާޒަކީ އޭނާގެ އެކްޓިން ކެރިޔާ ކުރިއެރުވުން ކަމަށް އަދާ ބުންޏެވެ.

ލޯބީގެ ގުޅުންތަކަށް އިތުބާރު ގެއްލިފައި ވީނަމަވެސް އެއް ދުވަހަކުން ލޯބިވާ މީހަކާ އެއްކޮށް އުފަލުގައި އުޅެވޭނެ ކަމަށް އޭނާ އުންމީދު ކުރާކަމަށް ވެސް އަދާ ބުންޏެވެ.

އަދާ ހާން އަކީ މަޝްހޫރު ސީރީޒްއެއް ކަމަށްވާ ނާގިން އަދި އެހެން އެތައް ސީރީޒްތަކުން ބެލުންތެރިންގެ ހިތްތައް އަތުލައިފައިވާ މޮޅު ބަތޮލާއެކެވެ.

އަދާ ހާން ވަނީ ވަރަށް ފަހުން ރާއްޖެއަށް ވެސް އައިސްފައެވެ.

24%
ކަމުގޮސްފި
52%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް