ads
ފޮޓޯ: ޕީޕީއެމް
ޖެންޑާއަށް ސިޓީ ފޮނުވިތާ 3 މަަސް، ޖަވާބެއް ނުލިބޭ: އިދިކޮޅު
ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު މުހައްމަދު ދީދީއާ ބައްދަލުކުރުމަށް އިދިކޮޅު ކޯލިޝަނުން އެ މިނިސްޓްރީގައި އެދުނުތާ ތިންމަސް ވީ އިރުވެސް ޖަވާބެއް ނުލި ބޭކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަންއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިނިސްޓަރާއި ބައްދަލުކުރަން އެދި އެކޯލިޝަންއިން ސިޓީއެއް ފޮނުވީ، ރޭޕްއާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގައި އިންސާފު ނުލިބި ލަސްވަމުންދާތީ، އެކި ފަރާތްތަކުގެ ޝަކުވާތައް ކޯލިޝަނަށް ލިބެމުންދާތީ، މިކަންކަމާ ގުޅޭގޮތުންނާއި އަދިވެސް އަންހެނުންނާ ގުޅުން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ކަމަށެވެ. 

އަދި ސިޓީ ފޮނުވުމުން، މިނިސްޓަރު ރާއްޖެއިން ބޭރުގައި އުޅުއްވާތީ މަސްދުވަހެއްގެ ކުރިން ބައްދަލުކުރެވެން ނެތް ކަމަށާއި މިނިސްޓަރު އެނބުރި ވަޑައިގެންނެވުމުން ބައްދަލުވުމާގުޅޭ ގޮތުން ޖަވާބެއް ފޮނުވާނެ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށާއި، ނަމަވެސް ސިޓީ ފޮނުވިތާ ތިންމަސް ދުވަސް ފާއިތުވީއިރުވެސް، ބައްދަލުވުން ހަމަޖެހޭނެ ތާރީހެއް އަދި ޖަވާބެއްވެސް ލިބިފައެއް ނުވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ. 

މީގެ އިތުރުން އެކޯލިޝަންއިން ބުނީ، އެހާ ދިގު މުއްދަތަކަށް މިނިސްޓަރަކު ރާއްޖެއިން ބޭރަށް ވަޑައިގަންނަވާއިރު ދެން ހަވާލުވާ މިނިސްޓަރަކުވެސް މިފަދަ ކަންކަމަށް ޖަވާބު ދެއްވަން ޖެހޭނެކަމަށް ދެކޭ ކަމަށާއި، އަދި މިފަދަ މުހިއްމު ވުޒާރާއެއް ވަގުތީ ގޮތުން އެހެން މިނިސްޓަރަކާ ހަވާލު ނުކުރައްވާނަމަ އެއީ މިސަރުކާރުން ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ވެފައިވާ ބޮޑު އިހުމާލެއް ކަމަށެވެ. 

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއިން މިހެން ބުނެފައި މިވަނީ، އެކޯލިޝަނުން ފޮނުވި ސިޓީއަށް މިނިސްޓްރީން ޖަވާބު ދީފައިވާކަމަށް ޖެންޑާ މިނިސްޓްރީން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އެމިނިސްޓްރީ ބުނީ މިނިސްޓަރު ނުރަސްމީ ދަތުރެއްގައި ރާއްޖޭން ބޭރަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާތީ، ފަހުގެ ތާރީހެއްގައި އެ ފަރާތާ މުއާމަލާތު ކުރާނެ ވާހަކަ 22 އޮކްޓޫބަރުގައި އީމެއިލް މެދުވެރިކޮށް ވާނީ އެންގިފައި ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް