ads
ހާދިސާގެ ރިޕޯޓް ލިބުމާއިއެކު އެމްއެންޑީއެފްގެ މާލެ އެރިއާ ކޯސްޓްގާޑުން ދޯންޏަށް އެހީތެރިވާން ވަނީ ފަށާފަ
މަސްވެރިއަކު އަވަސްފަރުވާއަށް ގެންދިއުމަށް ސިފައިން އެހީތެރިކަންދީފި
މަސްވެރިކަމަށް ނުކުމުގެ އުޅުނު މަސްވެރިއެއްގެ ހާލު ދެރަވެގެން އަވަސްފަރުވާއަށް ގެންދިއުމަށް ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑިއެފްއިން ބުނީ، ގއ. ހިތާދޫ ކައިރިން އެންދަމަން ނުކުމެ އުޅުނު މަސްދޯންޏެއްގައި ހުރި މަސްވެރިއެއް ނޭވާލާން އުނދަގޫވެގެން އަވަސް ފަރުވާ ދިނުމަށް ގއ.އަތޮޅު ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެއީ އުމުރުން 30 އަހަރުގެ މީހެއް ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ. 

އެމްއެންޑީއެފްއިން ބުނީ މިހާދިސާގެ ރިޕޯޓް ލިބުނީ މިރޭގެ 20:18 ހާއިރު ކަމަށާއި، ހާދިސާގެ ރިޕޯޓް ލިބުމާއި އެކު އެމްއެންޑީއެފްގެ ސަދާން އޭރިއާ ކޯސްޓް ގާޑްއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް