ads
ފެންބޮޑުވެފައި--
އެސްޓީއޯ ފުށް ގުދަން ކައިރިން ފެން ހިންދަން ސިފައިން ނިކުމެއްޖެ
ބޯކޮށް ވާރޭވެހި، މާފަންނުގައި ހުންނަ އެސްޓީއޯ ފުށް ގުދަން ދޮށުގައި ފެންބޮޑުވެފައި ވާތީ ފެން ހިންދަން ސިފައިން ނިކުމެއްޖެ އެވެ.

ރޭ ފަތިހުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހެމުން އަންނައިރު މާލޭގެ ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.

އެމްއެންޑީއެފުން ބުނީ އެސްޓީއޯ ފުށް ގުދަން ހުންނަ ސަރަހައްދުގައި ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ޕަމްޕު ބޭނުންކޮށްގެން އެ ސަރައްދުން ފެން ހިންދަމުން އަންނަ ކަމަށެވެ. 

މާފަންނުގެ ބައެއް މަގުތަކަކީ އާންމުކޮށް ވެސް ވާރޭވެހުމުން ފެންބޮޑުވާ މަގުތަކެކެވެ. 

މިއަދު މޫސުން ލަފާކުރާ ގޮތަށް ބަލާއިރު މޫސުމާއި ބެހޭ އިދާރާއިން ވަނީ ހއ. އަތޮޅުން މ. އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހެނޭ ކަމަށް ލަފާކޮށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ. 

އުތުރާއި މެދުރާއްޖެތެރޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށް ލަފާކުރާއިރު ވައިޖެހެނީ މެދު ރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އުތުރުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 30 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. 

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ބުނެ އެވެ. 

ދެކުނާއި މެދު ރާއްޖެތެރޭގެ ސަރަހައްދުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ގަދަވެ، އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވުން އެކަށީގެންވާ ކަމަށް ވެސް ބުނެ އެވެ.

މިހެންވެ މޫސުމަށް ސަމާލުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް