ads
ލޯންޗެއްގެ ބެޓެރި ގޮވާފައި--
ލޯންޗެއްގެ ބެޓަރީ ގޮވައި މީހަކު ފިހިއްޖެ
ވ. ތިނަދޫގައި ލޯންޗެއްގެ ބެޓަރީ ގޮވައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކު ފިހިގެން ފަރުވާދޭން ފަށައިފި އެވެ.

ތިނަދޫ ކައުންސިލްގެ މެމްބަރަކު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި އެ ލޯންޗަކީ ބޭރު ބަޔަކު މަސްވެރިކަމަށް ބޭނުންކުރަމުން އައި ލޯންޗެކެވެ. އެގޮތުން މިއަދު ހެނދުނު 7:45 ހާއިރު އެ ލޯންޗު ސްޓާޓްކުރަން އުޅުމުގެ ތެރޭގައި ބެޓްރީ ގޮވައި ޕެޓްރޯލް ޓޭންކުގައި ވަނީ އަލިފާން ހިފާފަ އެވެ. 

މެމްބަރު ވިދާޅުވި ގޮތުގައި އެ ހާދިސާގައި އެ ލޯންޗު ދުއްވާ، ބ. ތުޅާދޫއަށް ނިސްބަތްވާ މީހަކު ވަނީ ފިހިފަ އެވެ. އޭނާގެ ފައި މި ހާދިސާގައި ފިހުނުއިރު އޭނާއަށް މިހާރު ފެލިދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވިދާޅުވި އެވެ. 

މެމްބަރު ވިދާޅުވީ ލޯންޗުގެ ބޮޑު ބައެއް ހަލާކުވެފައިވާއިރު ފުލުހުން އައިސް ލޯންޗުން އަލިފާން ނިއްވާލީ، ލޯންޗު ފައްތާލައިގެން ކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް