ads
ފޮޓޯ: އެމްޓީސީސީ
ހަންޏާމީދޫ އާއި ގުރައިދޫ ބަނދަރުގެ މަސައްކަތް ކުރިއަށް
ދ. ހަންޏާމީދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތާއި ތ. ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނި ގޮތުގައި ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 15 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ. އެ މަޝްރޫއުގެ ދަށުން، މިހާރު ހަދާފައި ހުރި ނެރު ފުންކުރުމުގެ މަސައްކަތް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެ އެވެ. 

އެ މަޝްރޫއުގެ ދަށުން، 6،363.1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 266 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1،330 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ހިމެނެ އެވެ. 

އޭގެ އިތުރުން ތ. ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 22 އިންސައްތަ ނިމިފައިވާއިރު އެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތުގެ 63 އިންސައްތަ އާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 16 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުނެ އެވެ. 

އެ މަޝްރޫއުގެ ދަށުން، 7،952 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމާއި، 10،134 ކިއުބިކް މީޓަރުގެ މިހާރު ބޭނުންކުރަމުންދާ ބަނދަރު ސަރަހައްދު ފުންކުރުމާއި، 208 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 329 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި 1،875 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެ އެވެ.

ހައުސިން މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކުރި އެ މަޝްރޫއުގެ އަގަކީ 46.01 މިލިއަން ރުފިޔާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް