ads
މެމްބަރު އާދަމް ޝަރީފް އުމަރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޖަސްޓިސް ޑިލެއިޑް އިޒް ޖަސްޓިސް ޑިނައިޑް: އާދަމް ޝަރީފް
މަނީ ލޯންޑްރީންގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔަމީން ޖަލަށްލާފައިވާ މައްސަލައިގެ އިސްތިއުނާފު ޝަރީއަތުގެ މަޖިލިސް ފަސް ކުރުމާއި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޔާމީން "ނުހައްގުން" ޖަލަށް ލާފައިވާ މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތުގެ މަޖިލިސް ފަސްކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި "ޖަސްޓިސް ޑިލެއިޑް އިޒް ޖަސްޓިސް ޑިނައިޑް" ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. 

އޭގެ އިތުރުން އާދަމް ޝަރީފް ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ ތަކަކީ ސިޔާސީ ދައުވާތަކެއްކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވާފަ އެވެ. އެގޮތުން އާދަމް ޝަރީފް ވަނީ ސިޔާސީ ބޭނުމުގައި ރައީސް ޔާމީންއަށް ކުރަމުން ގެންދާ އަނިޔާތައް ހުއްޓާލުމަށް ގޮވާލައްވާފަ އެވެ. 

އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި ހުކުމް ކުރުން މިހާރު ވަނީ މިމަހުގެ 21 ވަނަ ދުވަހަށް ފަސްކޮށްފައެވެ. 

މަނީ ލޯންޑްރިން ކުށުގެ ދައުވާއާ ގުޅިގެން ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.             

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް