ads
އެޑިއުކޭޝަން މިނިސްްޓަރު ޑރ. އައިޝަތު އަލީ--
"ދަރިވަރުން ކިޔަވާ ހިތްވާނީ އަދި ހިތް ކެނޑޭނީ ޕްރައިމަރީގެ ތަޖުރިބާއިން"
ކިޔަވާ ކުއްޖަކު ކިޔަވާ ހިތްވާނީ އަދި ކިޔެވުމުން ހިތް ކެނޑޭނީ ޕްރައިމަރީ ފެންވަރުގައި ކުރެވޭ ތަޖުރިބާތަކުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެމްއެންޔޫގެ ހާއްސަ ސްކޮލަޝިޕްތައް އިފްތިތާހް ކުރުމަށް ބޭއްވި ހަފްލާގައި މިނިސްޓަރު އައިޝަތު ވާހަކަދައްކަވަމުން ވިދާޅުވީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެ މާޒީއަށް ބަލައިލުމުން ވެސް ވަރށް ހާއްސަ މީހަކާ ބައްދަލުވެފައިވާނެ ކަމަށެވެ. އެއީ އެމީހެއްގެ ނަން ހަނދާން ކޮށްލުމުން މިހާރުވެސް ހިނުތުންވުން ގެނެސްދޭ ފަރާތެއް ކަމަށްވާ ޕްރައިމަރީ މުދައްރިސެއް ކަމަށެވެ.

އެއީ މަދަރުސާގެ ވެށީގެ ތެރޭގައި އެކި ސަބަބުތަކާހުރެ ބިރުގަނެ ޖެހިލުންވެ ނުވަތަ ހާސްވެފައި ހުއްޓާ އޯގާތެރިކަމުގެ ބަހެއް ބުނި ރަހުމް ކުރާ މެހެރަބާން އަތަކުން ތިބާގެ އިނގިލީގައި ހިފި ޓީޗަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ވަރުގަދަ އިމާރާތެއް ބިނާ ކުރަންޏާ އެންމެ ފުރަތަމަ އެންޖިނިއަރުން އިސްކަންދެނީ ބިމުގެ އަޑީގައިވާ ބަޔަށް ކަމަށެވެ. އެއީ ބިންގާ ބަލިނަމަ މަތީ ބުރިތައް ކިތަންމެ ގަދަޔަށް ހެދިޔަސް އިމާރާތެއް ގަދައެއް ނުވާނެ ކަމަށް ވާތީއެވެ.

މިނިސްޓަރު ވިދާޅުވީ ކުޑަކުދިންގެ ތައުލީމަކީ ވެސް ވަރުގަދަ ބިންގަލެއްގެ މައްޗަށް އާރާސްތުކުރަންޖެހޭ އެއްޗެއް ކަމަށާއި އެންމެ މުހިންމީ އެންމެ ތިރީބައި ކަމަށްވާ ފަށާ ތައުލީމް ކަމަށެވެ އެއީ ތައުލީމުގެ އެހެން ހަރުފަތްތަކުން ކުއްޖަކަށް ލިބިގަނެވޭނެ މަންފާ ބިނާވަނީ ފަށާ ތައުލީމުގެ ފެންވަރުގެ މައްޗަށް ކަމަށް ވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ކުއްޖަކު ކިޔަވާ ހިތްވާނީ އަދި ކިޔެވުމުން ހިތް ކެނޑެނީ ޕްރައިމަރީ ފެންވަރުގއި ކުރެވޭ ތަޖުރިބާތަކުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން ގައުމެއް ރަނގަޅު ގޮތުގައި ބިނާކުރުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ފަށާ ތައުލީމުގެ މުދައްރިސުންގެ ފެންވަރު ރަނގަޅުކުރުމާއި ފެށުން ރަނގަޅުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އެ ރަސްމިއްޔާތުގައި މިނިސްޓަރު އައިޝަތު އަލީ ވަނީ ޔުނިވާސިޓީއިން ތައާރަފްކުރާ ސްކޮލަޝިޕްތަކުގެ ސަބަބުން އެތައް ދަރިވަރަކަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާތީ އެކަމަށް ޔުނިވާސިޓީ ކައުންސިލާއި ވެރިންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް