މާޒިޔާގެ އާ ކޯޗު ރިސްޓޯއާ މަހްލޫފު ބައްދަލުކުރެއްވީ ޔޫތު މިނިސްޓްރީގައެވެ. މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުމުގައި މި އަހަރުގެ އޭއެފްސީ ކަޕަށް ތައްޔާރުވުމަށް މާޒިޔާއިން ކުރަމުން އަންނަ މަސައްކަތްތައް މަހްލޫފު އޮޅުން ފިލުއްވިއެވެ.
ކުޅިވަރު ވަޒީރު ކަމަށް ވަޑައިގެން އެފްއޭމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި މަހްލޫފުގެ ރާގު ފަހުންވަނީ ބަދަލުވެފައެވެ. އަދި ވަޒީރު އަންނަނީ އެފްއޭމާ އަދި ބައެއް ކްލަބުތަކާ ގާތް ގުޅުމެއް ބާއްވަމުންނެވެ.