ads
ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
34 ރަށެއްގެ ފެނާއި ނަރުދަމާގެ ޑިޒައިން ހަދަން ބަޔަކާ ހަވާލުކޮށްފި
34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޑިޒައިން ކުރުމާއި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންސީ ޝާހު ޓެކްނިކަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފިއެވެ.
އަތޮޅުތެރޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޑިޒައިން ކުރުމާއި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންސީ ހެދުމަށް ޝާހު ޓެކްނިކަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ. ޝާހު ޓެކްނިކަލް ކޮންސަލްޓަންޓްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ގޯތަމް މަހާވީރު ޝާހު އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މިމަސައްކަތަށް ޖުމްލަ 3.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ވާނެ ކަމަށެވެ.

ސާޅިސް މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ހަވާލުކުރުމަށް ހަމަޖެހިފައިވާ މި މަޝްރޫއަކީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓު ތައްޔާރުކުރުމާއި ޕްރިލިމިނަރީ ޑިޒައިން ތައްޔާރުކުރުމުގެ އިތުރުން ޓެންޑަރިން މަރުހަލާގެ ހިދުމަތްތަކާއި އަދި ކޮންސްޓްރަކްޝަން ސުޕަވިޝަންގެ މަސައްކަތް މިމަސައްކަތުގައި ހިމެނޭ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މި މަޝްރޫއުގައި ހިމެނިފައިވާ 34 ރަށުގެ ތެރެއިން ނަރުދަމާގެ ނިޒާމުގެ ޑިޒައިން މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 17 ރަށެއްގައި ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ. އެގޮތުން އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:
1) ހދ. ވައިކަރަދޫ
2) ށ. ޅައިމަގު
3) ކ. ގާފަރު
4) އއ. ތޮއްޑޫ
5) އއ. މާޅޮސް
6) އދ. ދަނގެތި
7) އދ. ދިގުރަށް
8) ވ. ފެލިދޫ
9) ވ. ތިނަދޫ
10 ވ ފުލިދޫ
11) މ. މަޑުއްވަރީ
12) ފ. ދަރަނބޫދޫ
13) ދ. ބަނޑިދޫ
14) ތ. ހިރިލަންދޫ
15) ލ. މާބައިދޫ
16) ގދ. ފަރެސްމާތޮޑާ
17) ގދ. ހޯޑެއްދޫ

މީގެ އިތުރުން ފެނުގެ ޑިޒައިން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ 30 ރަށެއްގަ އެވެ. އެގޮތުން ހިމެނޭ ރަށްތަކަކީ:
1) ހއ. ކެލާ
2) ހއ. ބާރަށް
3) ހދ. ވައިކަރަދޫ
4) ށ. ފުނަދޫ
5) ށ. ޅައިމަގު
6) ނ. މަނަދޫ
7) ޅ. ކުރެންދޫ
8) ކ. ގާފަރު
9) ކ. ކާށިދޫ
10) އއ. މާޅޮސް
11) އދ. ދިގުރަށް
12) ވ. ފެލިދޫ
13) ވ. ފުލިދޫ
14) ވ. ތިނަދޫ
15) މ. ކޮޅުފުށި
16) މ. މަޑުއްވަރީ
17) މ. މުލި
18) ފ. ބިލެއްދޫ
19) ފ. ދަރަނބޫދޫ
20) ދ. ބަނޑިދޫ
21) ދ. މީދޫ
22) ތ. ހިރިލަންދޫ
23) ލ. ގަން
24) ލ. އިސްދޫ
25) ލ. މާމެންދޫ
26) ލ. މާބައިދޫ
27) ގއ. ދާންދޫ
28) ގއ. ގެމަނަފުށި
29) ގދ. ފަރެސްމާތޮޑާ
30) ގދ. ހޯނޑެއްދޫ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް