ads
ޓްރަމްޕް--
ޓްރަމްޕްގެ ޕާޓީން ވެސް ބޭނުންވަނީ މަގާމުން ދުރުކުރަން؟
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ގިނަ މަޖިލިސް މެމްބަރުންތަކެއް އެމަނިކުފާނު މަގާމުން ދުރުކުރުމަށް ވޯޓުދެއްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕްގެ ރިޔާސީ ދައުރުގައި އެންމެ ފަހު ދުވަސްކޮޅުގައި މަގާމުން ދުރުކުރުމުގެ މަސައްކަތް ފެށީ އެމަނިކުފާނުގެ ސަޕޯޓަރުންތަކެއް މަޖިލިސް ހިންގާ އިމާރާތަށް ވަދެގަނެ، ނިމުނު އިންތިހާބުގެ ނަތީޖާ ބަދަލުކުރުމަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި ހިމެނޭ އެންމެ އިސް އެއް ރިޕަބްލިކަން މެމްބަރު، ލިޒް ޗެނީ ވިދާޅުވީ ހަމަނުޖެހުމުގެ ހުޅު ރޯކުރީ ޓްރަމްޕް ކަމަށެވެ. 

ޑިމޮކްރެޓިކް ޕާޓީން ކޮންޓްރޯލް ކުރާ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި މިކަމާ ގުޅޭ ވޯޓެއް މިއަދު ނަގާނެ އެވެ. 

ކެޕިޓޮލް އިމާރާތުގައި ހިނގި ހަމަނުޖެހުންތަކަށް ފަހު ފުރަތަމަ ފަހަރަށް އާއްމުންގެ ތެރެއަށް ނިކުމެ ވަޑައިގެން ޓްރަމްޕް ވަނީ އެ ހަމަނުޖެހުންތަކުގެ ޒިންމާ އެމަނިކުފާނު ނަންގަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް