ads
ލ. ގަން-- ފޮޓޯ: ތޮއްޓޭ ފޮޓޯގްރާފީ
ލ. ގަމުން އަންހެނަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ލ. ގަމުން އުމުރުން 43 އަހަރުގެ އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ސިއެންއެމްއަށް މައުލޫމާތު ދެއްވަމުން ލ. ގަން ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް ވިދާޅުވީ، މިއަދު އެ ރަށުން ޕޮޒިޓިވްވީ ހޯމް ކަރަންޓީން ފުރިހަމަ ކުރުމަށް ފަހު ރިލީސް ސާމަޕަލް ނެގި މީހެއް ކަމަށެވެ. އެހެންކަމުން އެއީ ގަން މޮނީޓަރިންނަށް ލާފައިވާ ކްލަސްޓާއާ ގުޅުން ހުރި ކޭސްއެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. 

ލ. ގަން މޮނީޓަރިންނަށް ލާފައިވަނީ، އެރަށާއި ގުޅިފައި އޮންނަ ފޮނަދޫއަށް، ގއ. ދެއްވަދޫން އައި ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ގަމުންނާއި ފޮނަދޫން ނެގި ސާމްޕަލްތަކުގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނު އެއްވެސް ސާމްޕަލްއެއް އަދި ޕޮޒިޓިވްވެފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް