ads
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު
ކުންފުނީގެ ބަހެއް ނުހޯދާ ހަބަރު ޖެހުމަކީ ޒިންމާދާރު ކުޑަކަމެއް: ފެނަކަ
ކުންފުނީގެ ބަހެއް ނުހޯދާ "ދިޔަރެސް" ނޫހުގައި، ކޮންޓްރެކްޓަރުން ކުރި މަސައްކަތަށް ފައިސާ ނުދީ ފައިސާ ހިފަހެއްޓި ކަމަށް ބުނެ ޖެހި ހަބަރަކީ ޒިންމާދާރު ކުޑަ އަމަލެއްގެ ގޮތުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.

ފެނަކައިން މިހެން ބުނެފައިވަނީ ދިޔަރެސް ނޫހުގައި، "ފައިދާވި ފެނަކައަށް މަސައްކަތްކުރި ކޮންޓްރެކްޓަރުންނަށް މިލިއަނުން ފައިސާ ނުދީ އެބަހުރި" ގެ ނަމުގައި ޝާއިއު ކުރި އާޓިކަލާއި ގުޅިގެން މިއަދި ނެރުނު ނޫސްބަޔާނެއްގައެވެ. 

އެގޮތުން އެ ކުންފުނީގެ ފަރާތުން ހިންގާ މަޝްރޫއުތަކުގައި، ކުންފުންޏާއެކު ވެވޭ އެއްބަސްވުމާއި ގުޅިގެން ކުރާ މަސައްކަތްތަކަށް ކޮންޓްރެކްޓަރުންނަށް ލިބެން ޖެހޭ ފައިސާ، އެއްބަސްވުމުގެ ރޫހާއި އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރާ ކޮންމެ ކޮންޓްރެކްޓަރަކަށް، އުސޫލުތަކާއި ހަމަތަކުގެ ތެރެއިން ފައިސާ ދޫކުރަމުން އަންނަ ކަމަށް ފެނަކައިން ބުނެފައިވެއެވެ.

ފެނަކައިން ބުނީ މި މައްސަލައިގައި އެ ނޫހުން މި ހަބަރު ލިޔެފައިވަނީ އެ ކުންފުނީގެ ބަހެއް ނުހޯދާ ކަމަށެވެ. އެގޮތުން "ހަމަހަމަ ކަމާއި ޒިންމާދާރުކަމާއެކުު" ކުރާ ނޫސްވެރިކަމެއްގައި އެ ކުންފުނީގެ ބަހެއް ނުހޯދާ ހަބަރު ޝާއިއު ކުރުމަކީ ވަކި ކޮޅަކަށް ބުރަވުން ކަމަށް ފެނަކައިން ބުނެފައިވެއެވެ. އަދި މިއީ ސިޔާސީ ގޮތުން އެ ކުންފުންޏާ މެދު އާންމުންގެ މެދުގައި ޝައްކާއި ވަހުމު އުފެއްދުމުގެ އިތުރުން ކުންފުނީގެ ނަން ކިލަނބު ކުރުމަށް ކުރި ނާތަހުޒީބު ފިނޑި އަމަލެއް ކަމަށް ފެނަކައިން ބުނެފައިވެއެވެ.

އެ ކުންފުނިން ވަނީ މިފަދަ ޒިންމާދާރު ކުޑަކޮށް މަސައްކަތް ކުރާ ހަބަރު ފަތުރާ ވަސީލަތްތަކުން ޝާއިއު ކުރާ ހަގީގަތެއް ނެތް ވާހަކައަކުން އިހުލާސްތެރިކަމާއި، ތެދުވެރިކަމާ، އަމާނާތްތެރި ކަމާއެކު ރައްޔިތުންނަށް ދެމުންދާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ފަސްނުޖެހި މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް