ads
މުއިއްޒު އަދި ގުޅީފަޅު
ގުޅީފަޅުގައި ފްލެޓު އެޅުމަށް އެދި މުއިއްޒުގެ އާދޭސް
ޕޯޓް އެޅުމަށް ހިއްކަމުން އަންނަ ގުޅީފަޅު، މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަމަގެ ހާއްސަ މަންޒިލަކަށް ހެދުމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ސަރުކާރަށް ގޮވާލައްވައިފިއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މުއިއްޒު ވިދާޅުވެފައިވަނީ ގުޅީފަޅުގައި ޕޯޓް އެޅުމުގެ ބަދަލުގައި އެތަން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ހާއްސަ މަންޒިލަކަށް ހެދުމަށް އަދިވެސް ވަގުތު ފާއިތު ނުވާ ކަމަށެވެ.

އަދި ސަރުކާރުން ބޭނުންވާ ނަމަ އަދިވެސް ޕޯޓް އެޅުން ތިލަފުއްޓައް ބަދަލު ކުރެވޭނެ ކަމަށާއި މާލޭ ރައްޔިތުންގެ ހައްގުގައި އެކަން ކޮށްދެއްވަން ސަރުކާރަށް އާދޭސް ދަންނަވާ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ބޯހިޔާވަހިކަމަކީ މާލެއަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ގުޅީފަޅު ހިއްކާ އެތަނުގައި ފްލެޓް އެޅުމަށް ރޭވިއެވެ. ނަމަވެސް އޭގެ ފަހުން އައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގުޅީފަޅުގެ އެ މަސައްކަތް ހުއްޓުނެވެ.

އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އައިސް އެ ކުރިން އެތަނުން ދޭން ނިންމި ފްލެޓްތަކަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ފައިސާ އަނބުރާ ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް