ފުލުހުން ބުނި ގޮތުގައި ކާރެއް ކޮންޓްރޯލް ނުވެގެން މޫދަށް ވެއްޓިފައިވާކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ މެންދަމު 00:46 ގައެވެ.
އަދި މި އެކްސިޑެންޓުގައި ކާރުގައި ތިބި ތިން މީހުންގެ ތެރެއިން ދެ މީހަކަށް އަނިޔާވެފައިވާ ކަމަށާއި ފުލުހުންގެ އެހީތެރިކަމާއެކު ހެލްތު ސެންޓަރަށް ގެންގޮސް އެމީހުންނަށް ފަރުވާދީފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
ކާރު ވެއްޓުނު ވަގުތު ބަނދަރުގައި އަޅާފައި އޮތް ދެ ލޯންޗެއްގައި ޖެހި ދެ ލޯންޗަށް ވެސް ގެއްލުންވެފައިވާ ކަމަށާއި ކާރު ދުއްވަން އިނީ އެ ކެޓެގަރީގެ ވެހިކަލް ދުއްވުމުގެ ލައިސެންސް ނެތް މީހެއް ކަމަށެވެ.
މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.