ads
އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓު
ކޮވިޑް-19: 59 މީހުން ޕޮޒިޓިވްވިއިރު 27 މީހުންނަކީ ސަންގެލި ރިސޯޓުގެ މުވައްޒަފުން!
އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވި 59 މީހުންގެ ތެރެއިން 29 މީހުންނަކީ އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން ޕޮޒިޓިވްވި މީހުންކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން އާއްމުކުރި ކޮވިޑް-19 އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާގޮތުގައި ފާއިތުވި 24 ގަނޑިއިރުގެ ތެރޭގައި ވަނީ 59 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން އާއްމުކޮށް ގިނަ ކޭސްތައް ފެންނަ މާލޭ އޭރިއާއިން މިއަދު ޕޮޒިޓިވްވެފައިވަނީ އެންމެ 17 މީހުންނެވެ. އަތޮޅު ތެރޭގެ ރަށްތަކުން ނުވަ މީހަކު ޕޮޒިޓިވްވިއިރު، އަނެއް 33 މީހުންނަކީ ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންކަމަށް އެޗްޕީއޭއިން އާއްމުކުރި މައުލޫމާތުތަކުން ދައްކައެވެ. 

އޭގެ ފަހުން އެޗްޕީއޭއިން ވަނީ ރިސޯޓުތަކުން ޕޮޒިޓިވްވެފައިވާ 33 ޕޮޒިޓިވް ކޭސްގެ ތެރެއިން 29 27 މީހުން ޕޮސިޓިވް ވެފައިވަނީ ސަންގެލި ރިސޯޓުން ޕޮޒިޓިވްވި މީހުންކަން ހާމަކޮށްފަ އެވެ. އަދި އެ ހުރިހާ މިހުންނަކީވެސް އެ ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. 

އެ ރިސޯޓުން އެންމެ ފުރަތަމަ ކޭސްއެއް ފެނިފައިވަނީ މިމަހުގެ ތިން ވަނަ ދުވަހުއެވެ. އެއީ އެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ސްޓާފެއް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ހެދި ޕީސީއާރު ޓެސްޓް ޕޮސިޓިވް ވުމުންނެވެ. އެޔަށްފަހު އެކޭސް އާއި ގުޅިގެން އަށް ކޮންޓެކްޓުން ކަރަންޓީންކުރެވުނު ކަމަށް އެޗްޕީއޭއިން ބުނެއެވެ. 

އެޔަށްފަހު ބަލީގެ އަލާމާތްތައް ހުރެގެން މިމަހުގެ 11 ވަނަ ދުވަހު ޓެސްޓު ކުރެވުނު ހަތަރު ސްޓާފުން ވެސް ޕޮސިޓިވްވެފައިވާއިރު އޭގެ ތެރޭގައި ފުރަތަމަ ކޭސްގެ ކޮންޓެކްޓްސް އެއް ނުހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އޭގެ އިތުރުން 12 ޖެނުއަރީގައި ރެންޑަމް ސާމްޕްލިންގ އަށް ނެގުނު 98 ސާމްޕަލްގެ ތެރެއިން 19 ސާމްޕަލްވެސް ވަނީ މިމަހުގެ 13 ވަނަ ދުވަހު ޕޮސިޓިވްވެފައެވެ. އަދި މިއަދު ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރެވުނު އަށް ސްޓާފުންވެސް ވަނީ ޕޮސިޓިވް ވެފައެވެ. އެހެންކަމުން އެރިސޯޓުން މުޅި ޖުމްލަ 32 މީހުން މިހާރު ވަނީ ޕޮސިޓިވް ވެފައެވެ.

ރާއްޖޭގައި މިފަހަކުން ފެންނަ ގިނަ ކޮވިޑް ކޭސްތަކެއް ފެންނަމުންދަނީ ރިސޯޓުތަކުންނެވެ. އެގޮތުން އެޗްޕީއޭއިން މިމަހުގެ 11 ވަނަ ދުވަހު އާއްމުކުރި މައުލޫމާތައް ބަލާއިރު އެދުވަހު ޕޮޒިޓިވްވި 52 މީހުންގެ ތެރެއިން 32 މީހުންނަކީ ބިޔާދޫ އައިލެންޑް ރިސޯޓުން ޕޮޒިޓިވްވި މީހުންނެވެ. ބިޔާދޫން މިހާތަނަށް 104 ސާމްޕަލްއެއް ނަގާފައިވާއިރު އެ ކްލަސްޓާއިން ޖުމުލަ 53 ޕޮޒިޓިވް ކޭސް ވަނީ ފެނިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް