އަނަންޔާ އެނބުރި ގައުމަށް ދިޔަ ފަހުން ވެސް އޭނާ ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް ވަނީ އެކި ފަހަރު މަތިން ސޯޝަލް މީޑިއާގައި ފޭނުންނާ ހިއްސާކޮށްފައެވެ.
އަނަންޔާ ޕޯސްޓް ކުރި ފޮޓޯގައި ކެޕްޝަން އަކަށް އިނީ “ކުރީގެ ފޮޓޯއެއް ޕޯސްޓް ކުރަން އަދި މާ އަވަސް؟”މިހެންނެވެ.
އާ އަހަރު ފާހަގަކުރަން އަނަންޔާ ރާއްޖެ އައީ އޭނާގެ ލޯބިވެރިޔާ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ އިޝާން ކައްޓާރާ އެކު އެވެ. އެހާ ހިސާބުން އެމީހުން އުޅެނީ ރައްޓެހިވެގެންކަން ޔަގީންވި އެވެ.
މީގެ ކުރިން އަނަންޔާ އިންސްޓަގްރާމުގައި ރާއްޖޭގެ ފޮޓޯއެއް ޕޯސްޓު ކުރުމަށް ފަހު ބުނެފައި ވަނީ ގައުމަށް އެނބުރި ދިޔަ ނަމަވެސް އޭނާ "މެންޓަލީ" އަދިވެސް ހުރީ ރާއްޖޭގައި ކަމަށެވެ.
އަނަންޔާ އެންމެ ފަހުން ފެނިފައިވަނީ އިޝާން އާ އެކު ފިލްމް "ކާލީ ޕީލީ" އިންނެވެ.