ފޮޓޯއިން ފެނިގެންދަނީ ސޯނަމްގެ އުނގުމަތީގައި ޖާންވީ އޮތް މަންޒަރެވެ. އެގޮތުން ކުޑައިރު ޖާންވީ އުރާލަން ލިބުމުން ސޯނަމް ވަރަށް ހެވިފައި އިން މަންޒަރު ވެސް ފެނިގެންދެ އެވެ.
ސޯނަމް އާއި ޖާންވީއަކީ ދެބެއިންގެ ދެދަރިންނެވެ. ސޯނަމްއެކޭ އެއްްގޮތަށް މިހާރު ޖާންވީ ވެސް ބޮލީވުޑުގައި މަސައްކަތްކުރަމުން އަންނައިރު ދޭތެރެއަކުން އާއިލީ ފޮޓޯތައް ހިއްސާކުރާއިރު އެކުގައި މިތަރިން ފެނިގެންދެ އެވެ.
ސޯނަމްއަށް ބަލާއިރު އޭނާ ފިލްމަކުން ނުފެންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އެހެންނަމަވެސް ވަރަށް އަވަހަށް އޭނާ ފިލްމަކުން ފެންނާނެ އެވެ. މިހާރު އަންނަނީ އެ މަސައްކަތް ކުރަމުންނެވެ.