ޗައިނާއިން ކޮވިޑްގައި މަރެއް--
އަށް މަހަށް ފަހު ޗައިނާއިން ކޮވިޑްގައި މީހަކު މަރުވެއްްޖެ
Share
ކޮވިޑް-19 ގައި ޗައިނާއިން މީހަކު މަރު ނުވާތާ އަށް މަސް ފަހުން، އެގައުމުން އެ ބަލީގައި މީހަކު މަރުވެއްޖެ އެވެ.
Advertisement

މިއީ މިދިޔަ އަހަރުގެ މެއި މަހަށް ފަހު ޗައިނާއިން ކޮވިޑްގައި މަރުވި ފުރަތަމަ މީހާ އެވެ. އެގައުމުން އެކަން ކަށަވަރުކޮށްދީފައިވާ އިރު އެ ބައްޔަކީ 2019 ވަނަ އަހަރުގެ ފަހުކޮޅު، އެގައުމުގެ ވޫހާން ސިޓީން އެންމެ ފުރަތަމަ ފެނިގެންދިޔަ ބައްޔެކެވެ. 

މުޅި ދުނިޔޭގެ އެކި ގައުމުތަކަށް ކޮވިޑް-19 ފެތުރި 92 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު ބަލީގައި ގާތްގަނޑަކަށް ދެ މިލިއަނެއްހާ މީހުން ވަނީ މަރުވެފަ އެވެ. 

ކޮވިޑްގެ ބަލިމަޑުކަމުން މިއަދާ ހަމައަށް އަރައިގަނެވިފައި ނުވާއިރު ކޮވިޑްގެ ދެތިން ހަތަރު ރާޅާއި ބައެއް ގައުމުތަކަށް ވަނީ ބައްދަލުކުރަން ޖެހިފަ އެވެ. އެގޮތުން ޗައިނާގައި ވެސް ކޮވިޑް ކޮންޓްރޯލްކުރެވިފައި އޮތުމަށް ފަހު، އަނެއްކާ ވެސް ފެންނަ ކޭސްތަކުގެ އަދަދު އިތުރުވަމުން އަންނައިރު އެގައުމުގެ 20 މިލިއަނެއްހާ މީހުން މިވަގުތު ވެސް ތިބީ ލޮކްޑައުނެއްގަ އެވެ. އަދި އެއް ޕްރޮވިންސެއްގައި ކުއްލި ހާލަތު ވެސް އިއުލާންކޮށްފައިވެ އެވެ. 

އެގައުމުގެ ނޫހަކުން ރިޕޯޓްކުރާ ގޮތުގައި މިވަގުތު ވެސް 885 މީހަކަށް ބަލީގައި ފަރުވާދެމުން އަންނައިރު އޭގެ ތެރެއިން 24 މީހެއްގެ ހާލު ދެރަ އެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވުމާއެކު ޗައިނާ އިން މިވަނީ ބައްޔަށް ޓެސްޓްކުރުން ވެސް އިތުރުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް