ads
ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް--
ދަރިވަރަކު ޕޮޒިޓިވްވެ ގއ. ތައުލީމީ މަރުކަޒު ބަންދުކޮށްފި
ދަރިވަރަކު ޕޮޒިޓިވްވެ ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި އެވެ.

ވިލިނގިލީ ކައުންސިލްގެ މެމްބަރު، ހަބީބް ހަސަން، ސީއެންއެމްއަށް ވިދާޅުވި ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އެރަށު ސްކޫލުގެ ގްރޭޑް 12 ގައި ކިޔަވަމުން އަންނަ އަންހެން ދަރިވަރެކެވެ. 

އެ ކުއްޖާއަކީ އެ އަތޮޅު ދާންދޫއަށް ނިސްބަތްވާ ކުއްޖެއްކަން ފާހަގަކުރައްވާ ހަބީބް ވިދާޅުވީ އެ ކޭސްއަކީ ދެއްވަދޫގެ ކްލާސްޓާއާ ގުޅޭ ކޭހެއް ކަމަށެވެ. 

މިމަހުގެ 10 ވަނަ ދުވަހު ސްކޫލު ހުޅުވި ދުވަހު ކުއްޖާ ސްކޫލަށް ހާޒިރުވި އެވެ. އެހެންނަމަވެސް ކުއްޖާ ދާންދޫގައި އުޅޭ ގޭގައި ދެއްވަދޫ ބަޔަކު އުޅުނު ކަމަށާއި އެކަން އެނގުނު ހިސާބުން ކުއްޖާ ސްކޫލަށް ނުދާ ކަމަށް ހަބީބް ވިދާޅުވި އެވެ. 

ކުއްޖާ ހިމެނޭ ގޮތަށް އެ ކުއްޖާ ނިސްބަތްވާ ގެއިން އިތުރު ތިން މީހަކު ޕޮޒިޓިވްވި އެވެ. އެހެންވެ، އަތޮޅު ތައުލީމީ މަރުކަޒު މިއަދު ވަނީ ބަންދުކޮށްފަ އެވެ. 

ވިލިނގިލީގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ހަބީބް ވިދާޅުވީ އެރަށުގައި ކުއްޖާ އުޅޭ ގޭގެ މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކުއްޖާ ކިޔަވަން ހުންނަ ގެއަކީ ގަސް ކާނާގެ ވިޔަފާރިކުރާ ގެއެއްކަމުން އެގޭގެ އަންހެން މީހާ އާއި ރަށުގެ ގިނަ އަންހެންވެރިން ދިމާވެފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. 

10%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް