ads
ފޮޓޯ: ނިލަންދެ. ކޮމް
ނިލަންދޫއަށް ފަތުރުވެރިން ގެނައުމާ ދެކޮޅަށް އަޑުއުފުލައިފި
ކޮވިޑް-19 ގެ ކަންކަން ހަމައަކަށް ނޭޅެނީސް ފ. ނިލަންދޫއަށް ފަތުރުވެރިން ގެނައުމާ ދެކޮޅަށް އެރަށުގެ ރައްޔިތުން އަޑުއުފުލައިފި އެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް، ސީއެންއެމްއަށް ވިދާޅުވީ މީގެ ކުޑައިރުކޮޅެއް ކުރިން ރަށުގެ ރައްޔިތުންތަކެއް ވަނީ ކައުންސިލް އިދާރާ ކުރިމައްޗަށް އައިސް ފަތުރުވެރިން ގެނައުމާއި ދެކޮޅަށް ޝުއޫރު ފާޅުކޮށްފައި ކަމަށެވެ.

އެގޮތުން މިފަދަ ހާލަތެއްގައި އޮއްވާ ފަތުރުވެރިން ރަށަށް ނުގައުމަށް ސަރުކާރުގައި ދަންނަވައިދޭން އެދިފައިވާކަން ޖަލީލް ފާހަގަކުރެއްވި އެވެ. 

ޖަލީލް ވިދާޅުވި ގޮތުގައި އެރަށަކީ ދެ ގެސްޓްހައުސެއް ހިންގަމުން އަންނަ ރަށެކެވެ. އެގޮތުން މިދަނޑިވަޅުގައި ގެސްޓްހައުސް ހިންގުމަށް ނުފެންނަ ކަމަށް އެ ދެ ގެސްޓްހައުސް ހިންގަމުން އަންނަ މީހުން ވެސް ގަބޫލުކުރާ ކަމަށާއި އަދި އެކަން ރައްޔިތުންނަށް އެންގުމުން އެމީހުން ޝުއޫރު ފާޅުކުރުމަށް ފަހު ގޮސްފައިވާ ކަމަށް ޖަލީލް ވިދާޅުވި އެވެ. 

ޖަލީލް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުމަކަށް ވަނީ އެ ރަށަކީ އަތޮޅުގައި ވެރިކަންކުރާ ރަށްކަމުން އަތޮޅު ހޮސްޕިޓަލު ވެސް ހުންނަނީ އެރަށުގައި ކަމަށެވެ. އަދި ކޮވިޑާއެކު އދ. އާއި ދ. އަތޮޅުގެ ބައެއް ރަށްތަކުން ވެސް ގިނަ ބަޔަކު ސިއްހީ ހިދުމަތް ހޯދުމަށް އެރަށަށް އަންނަ ކަމަށް ވިދާޅުވި އެވެ. 

އަދި މި ދަނޑިވަޅުގައި ފަތުރުވެރިން ގެނެސްފިނަމަ ސިއްހީ ހިދުމަތް ހޯދުމަށް އަންނަ މީހުން އަނބުރާ ރަށަށް ދިއުމަށް ފަހު ކަރަންޓީނުވާން ޖެހޭއިރު އެމީހުންނަށް ދަތިވާނެ ކަމަށާއި އަދި ނިލަންދޫގެ ރައްޔިތުންނަށް ވެސް ފަތުރުވެރިން ނެތް ރަށްރަށަށް ނުދެވޭނެތީ އެކަމުގައި ކަންބޮޑުވުންތަކެއް ހުރިކަން ޖަލީލް ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް