ads
އާމިރު ހާން އާއި ސަލްމާން އަދި ޝާހު
ލާލް ސިންގް ޗައްދާގައި ތިން ހާނުން އެކުގައި ފެނިގެން ހިނގައިދާނެ!
ދެހާސް ނުވަ ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "3 އިޑިއޮޓްސް" ގައި އެކުގައި މަސައްކަތް ކުރި އާމިރު ހާން އާއި ކަރީނާ ކަޕޫރު އެތައް އަހަރެއް ފަހުން އެކުގައި ފެނިގެންދާނެ ފިލްމަކީ "ލާލް ސިންގް ޗައްދާ" އެވެ. އެ ސަބަބުގެ އިތުރަށް ވެސް އެ ފިލްމު ހާއްސަވާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ.
ދެހާސް ނުވަވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "3 އިޑިއަޓްސް" ގައި އެކުގައި މަސައްކަތް ކުރި އާމިރު ހާނާއި ކަރީނާ ކަޕޫރު އެތައް އަހަރެއް ފަހުން އެކުގައި ފެނިގެންދާނެ ފިލްމަކީ "ލާލް ސިންގް ޗައްދާ" އެވެ. މިސަބަބުގެ އިތުރަށް ވެސް މިފިލްމު ހާއްސަވާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ.

ލާލް ސިންގް ޗައްދާގެ ޝޫޓިންތައް މިހާރު ފެށިގެން ކުރިއަށްދާއިރު އަދްވައިތު ޗަންދަން ޑައިރެކްޓް ކުރާ މިފިލްމުގެ ރޯލަކުން ބޮލީވުޑުގެ ކުޅަދާނަ ދެ ތަރިން ކަމަށްވާ ސަލްމާން ހާނާއި ޝާހުރުކް ހާނު ފެނިގެންދާނެ ކަމަށްވެސް އަޑުތައް މިވަނީ ފެތުރެން ފަށާފަ އެވެ.

އެގޮތުން މިދެތަރިން ވެސް ފިލްމުން ދައްކާލުމަށް އާމިރު ހާނު މަސައްކަތް ފަށާފައިވާ ކަމަށްވެ އެވެ. ކޮންމެއަކަސް މިއީ މި ތިން ހާނުންނަށް ސަޕޯޓްކުރާ ފަރާތްތަކަށް ލިބިގެންދާނެ އުފާވެރި ހަބަރެކެވެ.


އާމިރާއި ސަލްމާނުގެ އިތުރުން ޝާހު އެއް ފިލްމަކުން ފެނިގެންދިއުމަކީ ފިލްމަށް ބޮޑު ތަރުހީބެއް ވެސް ލިބިގެންދާނެ ކަމެއްކަން ޔަގީނެވެ. ސަބަބަކީ މި ތިން ތަރިންނަކީ ވެސް އެތައް މިލިއަން ސަޕޯޓަރުންނެއް ތިބި ބަޔަކަށް ވާތީ އެވެ.

ލާލް ސިންގް ޗައްދާއަކީ 1994 ވަނަ އަހަރު ނެރުނު "ފޮރެސްޓް ގަމްޕް" ނަމަކަށް ކިޔާ ފިލްމެއްގެ ރިމޭކެކެވެ.

މިފިލްމުގެ ލީޑު ރޯލުން ޓޮމް ހޭންކްސް ފެނިގެންދިޔައިރު އަދްވައިތު ޗަންދަން ޑައިރެކްޓުކޮށް ނެރޭ ހިންދީ ފިލްމުގައި އެ ރޯލުން ފެންނާނީ އާމިރެވެ. އަދި ކަރީނާ ފެންނާނީ އާމިރުގެ ލޯބިވެރިޔާގެ ރޯލުން ކަމަށްވެ އެވެ.

ދެހާސް ބާރަވަނަ އަހަރު ނެރުނު ފިލްމު "ތަލާޝް"ގައި ވެސް ކަރީނާ އާއި އާމިރު އެކުގައި މަސައްކަތް ކުރި އެވެ. އެކަމަކު ލާލް ސިންގް ޗައްދާއިން އާމިރާއި ސަލްމާން އަދި ޝާހު އެކުގައި ފެނިއްޖެނަމަ އެ ފިލްމު ވެގެންދާނީ މި ތިން ތަރިން ނުވަތަ ތިން ހާނުން އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް