ads
މައްސަލަ ޖެހިފައިވާ ދެ ލޯބިވެރިން
އިންނަން އުޅުނު ކުއްޖާ މިހާރު ކޮބާ؟
ރައްޓެހިވެގެން އުޅޭ ލޯބިވެރިން ނިކަން ލޯބިން އުޅޭ މަންޒަރު ފެނެ އެވެ. ލޯބިން ގޮސް އެކަކު އަނެކަކަށް ނުކިޔާކަށް ނަމެއް ނޯވެ އެވެ. މިގޮތަށް އުޅޭއިރު އެކަކު އަނެކަކާ ނޫނީ ކައިވެނި ނުކުރާނެ ކަމަށް ވައުދުވި އެތައް ބަޔަކު މިއަދު އެނޫން އެހެން ބަޔަކާއި ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅޭ މަންޒަރު ވެސް އެބަ ފެނެ އެވެ.

ލޯތްބަކީ ވަރަށް ފޮނި އަދި އަސަރުގަދަ ޖަޒުބާތެކެވެ. މި ލޯބީގެ އަވައިގައި ޖެހި އެކަކު އަނެކަކަށްޓަކައި ބޮޑެތި ގުރުބާނީތަކެއް ވާ މަންޒަރު ފެނިގެންދެ އެވެ. އެހެންނަމަވެސް އަނެއް ބައި މީހުންނަކީ ލޯބީގެ ނަމުގައި އެތައް ދަޅެއް ދައްކާ ބައެކެވެ. 

ރައްޓެހިވެގެން އުޅޭއިރު އެތައް ވައުދެއް ވިޔަސް ކަމަކާއި ޖެހޭވަރުކަމެއް ވުމުން މިބުނާ ލޯބިވެރިޔާ އަތުން ބީވެގެންދާ މަންޒަރަކީ ވެސް ފެންނަ މަންޒަރުތަކެވެ. ކުރިން ބުނި ގޮތަށް ގުރުބާނީ ވާނެ ކަމަށް ބުންޏަސް، އެއީ ހަމަ ދައްކާލާ ވާހަކަތަކަކަށް ވެސް ވެ އެވެ. 

ލޯބިވެރިޔާގެ ހިތް ދަމައިގަތުމަށް މޮޅެތި އުކުޅުތައް ބޭނުންކުރިޔަސް ލިބުމުން ދެން މާ އެކަމާއި ނޫޅެދާނެ އެވެ. ނޫނީ ދޯކާ ދީ އެހެން މީހެއްގެ އަތުގައި ހިފައިގެން އުޅޭ މަންޒަރު ވެސް ހަމަ ފެނިދާނެ އެވެ. 

މިގޮތަށް އުޅޭއިރު ކައިވެނިކުރާނެ ކަމާއި އުފަލުގައި އަބަދުވެސް ބަހައްޓާނެކަމުގެ ވައުދުވެ ހަދަ އެވެ. މިކަމާއި ކުރިމަތިވި އެތައް ބަޔަކު ތީގެ ތެރޭގައި ވެސް ތިބޭނެކަން ޔަގީނެވެ. އެކަމަކު މިއަދު އެ ވައުދުވި ލޯބިވެރިޔާ ކައިރީގައި ނެތެވެ. އެހެން މީހަކު އަވައިގައި ޖެއްސުމުގެ މަަސައްކަތް ކުރަނީ ކަމަށް ވެސް ވެދާނެ އެވެ. 

އެކަމާއި މެދު މިއަދު ވިސްނާލުމުން ހިނި ވެސް އައިސްދާނެ އެވެ. އިންނާނެ ކަމަށް ވައުދުވި އެމީހުންނާއި ބައްދަލުނުވިނަމައޭ ވެސް ހިތަށް އަރާނެ އެވެ. އެކަމަކު ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށޭ ބުނާ އުސޫލުން އެއީ ވެސް ހަމަ އިބުރަތެއް ކަމަށް ބަލައިގެން، އެފަދަ މީހުންގެ ވާހަކަތަކަށް މީހާ ނުލެނބުން ވަރަށް މުހިއްމެވެ. 

ކޮންމެ ގުޅުމެއްގެ ތެރޭގައި އުޅޭއިރު ވެސް ތިމާއަށް އިހުތިރާމުކުރާ މީހަކާއެކު އުޅުމަކީ މުހިއްމު ކަމެކެވެ. އަދި ތިމާއެކޭ އެއްގޮތަށް ތިމާގެ އާއިލާއާ އެހެން މީހުންނަށް ވެސް އިހުތިރާމުކޮށް، ވަގުތުދޭ މީހަކު ހޯދުން ބުއްދިވެރި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް