ads
އާމިރް ހާން:-
އާމިރް ހާން ކޮންމެ އަހަރަކު ފޮނުވާ ސިއްރު ސިޓީ އެއް!
ޝުވެތާ ބަށްޗަން ނަންދާ އަކީ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ އަމީތާބް ބަށްޗަން އަދި ޖަޔާ ބަށްޗަން ގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅެވެ. ޝުވެތާ ފިލްމީ ދާއިރާއިން ނުފެނުނެއްކަމަކު އޭނާގެ ހަޔާތުގައި ވެސް މަޝްހޫރު ފަރާތްތަކުގެ ޖާދޫގައި ޖެހުނު ދުވަސްތަކެއް އައެވެ.

"ކޮފީ ވިތް ކަރަން" ޕްރޮގުރާމުގައި ބައިވެރިވެ،  ޝުވެތާ ބުނީ އޭނާގެ ޒުވާން އުމުރުގައި ސަލްމާން ހާން އަދި އާމިރް ހާން އަށް އޭނާ ދީފައިވާނޭ ކަމަށެވެ. 

ދެ މަޝްހޫރު ފަރާތްތަކުގެ ޖާދޫގައި ޖެހިގެން ޝުވެތާ ކުރި ބައެއް ކަންތަކުގެ ވާހަކަ އޭނާ ކިޔާދިނެވެ.

އެގޮތުން 1989 ގައި ރިލީޒްވި މޭނޭ ޕިޔާރް ކިޔާ ޝުވެތާއަށް ވަރަށް ކަމުދިޔަކަމަށް އޭނާ ބުންޏެވެ. 

އޭރު އެނާ އުޅުނީ ބޯޑިން ސްކޫލުގައި ކަމުން އެތަނުގައި ފިލްމު ބެލުން މަނާވުމުން އޭނާ ވީސީއާރް އިން އެ ފިލްމު ބެލިއިރު ޓޭޕް ރިކޯޑަރަކުރިއެވެ. އަދި އެ ފިލްމުގެ އަޑު ކޮންމެ ދުވަހަކު އަޑުއަހާ ކަމަށްވެސް ޝުވެތާ ބުންޏެވެ. 

އެ ފިލްމުގައި ސަލްމާން ހާން އަޅައިގެން އުޅުނު "ފްރެންޑްސް" ޖަހާފައިވާ ތޮފި ވެސް ޝުވެތާ އަބިޝޭކް ކައިރީގައި އާދޭސްކޮއްގެން ހޯދިކަމަށާއި އަދި އޭތި އަޅައިގެން އޭނާ ވަރަށް ގިނައިން އުޅޭކަމަށާއި ނިދަނީވެސް އެ ތޮފި ބާލިސް ދަށައް ލައިގެން ކަމަށް ޝުވެތާ ބުންޏެވެ. 

your imageމޭނޭ ޕިޔާރް ކިޔާގައި ސަލްމާން ހާން އަޅައިގެން އުޅުނު ތޮފި

ޝުވެތާގެ ފުރާވަރުގައި އާމިރް ހާންގެ ޖާދޫގައި ވެސް އޭނާ ޖެހުނެވެ. 

މިކަން އާމިރްއަށް އެނގުމުން އޭނާ ޝުވެތާއަށް ކޮންމެ އުފަންދުވަހަކު ސިޓީ ފޮނުވާކަށްވެސް އޭނާ ބުންޏެވެ. ސިޓީ ފޮނުވާ ސަބަބަކީ، އެ ދެމީހުންގެ އުފަން ދުވަސް ކައިރީގައި އަންނާތީކަމަށް ވެސް އާމިރު ބުނިކަމަށް ޝުވެތާ ބުނެއެވެ. 

އާމިރު ހާންގެ ދުވަސް މާޗް 14 ގައި އަންނައިރު، އެ މަހުގެ 17 ގައި ޝުވެތާގެ އުފަން ދުވަސް އާދެއެވެ.  

އުމުރުން 47 އަހަރުގެ ޝުވެތާއަކީ އަމީތާބް އަދި ޖަޔާ ބައްޗަމްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. 

އޭނާއަކީ  މޮޑެލިންގެ ދާއިރާގައި މޮޅު އަދި ފާހަގަ ކޮއްލެވޭ ފަންނާނެކެވެ. އަދި އޭނާ އަކީ މޮޅު ލިޔުން ތެރިއެވެ.

your imageއާމިރް ހާން އަދި ޝުވެތާ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް