ޖޭއެސްސީން ބަލަމުން އަންނަނީ ގާޒީ އަލްއުސްތާޒާ މަރްޔަމް ވަހީދާއި ގާޒީ އަލްއުސްތާޒް މުހައްމަދު ސަމީރުގެ މައްސަލައެކެވެ.
ޖޭއެސްސީން ބުނީ މަރިޔަމް ވަހީދާއާ ގުޅޭގޮތުން ބަލަމުން އަންނަނީ ސިވިލް ކޯޓުގައި ކުރިއަށް ދިޔަ ތަންފީޒު ގަޒިއްޔާއެއްގައި ހިމެނޭ ހަސްމަކާ އެ ގަޒިއްޔާއާ ގުޅޭގޮތުން ޝަރީއަތުގެ ބޭރުން މުއާމަލާތުކޮށް، ހުކުމް ތަންފީޒް މައްސަލަތައް ބެލުމުގައި އަމަލުކުރާ އުސޫލުތަކާ ކަނޑައެޅިގެން ހިލާފަށް އަމަލުކުރި ކަމަށް ބުނާ މައްސަލައެކެވެ.
އަދި ގާޒީ ސަމީރުއާ ގުޅިގެން ބަލަމުން އަންނަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ އަޑުއެހުމެއްގައި، ގާނޫނީ ގޮތުން ދައްކަން ބޭނުންވާ ވާހަކަ ދެއްކުމުގެ އެކަށީގެންވާ ފުރުސަތު ދައުވާ ލިބޭ ފަރާތުގެ ގާނޫނީ ވަކީލުންނަށް ނުލިބޭފަދަ ގޮތަކަށް އަމަލުކުރައްވައި، ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންދިއުމުގައި އެކަށީގެން ނުވާގޮތަށް އަމަލުކުރި ކަމަށް ުނާ މައްސަލައަަކާއި އެ އެހެން އަޑުއެހުމެއްގައި ދައުވާލިބޭ ފަރާތުގެ ގާނޫނީ ވަކީލުން އެ ކުށްވެރިކުރާ ފަދަ ގޮތަކަށް ވާހަކަ ދައްކައި އަދި އެ ވަކީލުންނާ މެދު ތައައްސަބެއް އޮތްކަން ހާމަވާފަދަ ގޮތަކަށް ގާޒީ ސަމީރު އަމަލުކުރި ކަމަށް ބުނާ މައްސަލައެކެވެ.
ޖޭއެސްސީން ބުނި ގޮތުގައި އެ ދެ ފަނޑިޔާރުންގެ މައްސަލަ ބަލަން އެ ކޮމިޝަނުން ނިންމާފައި ވަނީ އިއްޔެ ބޭއްވި ކޮމިޝަނުގެ ބައްދަލުވުމެއްގަ އެވެ.