ads
ހުޅުމާލެ ފޭސް 1--- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ހުޅުމާލޭގެ 20 މަގެއް ވަން-ވޭ އަށް ބަދަލުކޮށްފި
ހުޅުމާލޭގެ 20 މަގެއްގައި އެއްކޮޅަށް ދުއްވޭގޮތަށް ބަދަލު ގެނެސްފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުމާލޭގެ އާބާދީ އިތުރުވެ އެކި އެކި ބޭނުންތަކަށް ހުޅުމާލޭ ޒިޔާރަތް ކުރާ ބޭފުޅުންގެ އަދަދު ގިނަވެފައި ވާތީ، ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި ފަސޭހައިން ބޭނުން ކުރެވޭނެ މަގުތަކަކަށް ހެދުމަށްޓަކައި އެޗްޑީސީން ޕްލޭނެއް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަދި މި ޕްލޭންގެ ދަށުން ހުޅުމާލޭގެ ބައެއް މަގުތައް ވަންވޭ ކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ. އެގޮތުން އިއްޔެއިން ފެށިގެން އެއްކޮޅަށް ދުއްވޭގޮތަށް ބަދަލު ގެނެސްފައިވާ މަގުތަކަކީ، ޗަނބޭލީމަގު 1 ނަންބަރު ގޯޅިއާއި 9 ނަންބަރު ގޯޅި ދެމެދުގައި ހިމެނޭ ގޯޅިތަށް، ރަބަރުގަސްމަގު 1 ނަންބަރު ގޯޅިއާއި 9 ނަންބަރު ގޯޅި ދެމެދުގައި ހިމެނޭ ގޯޅިތަށް، އަދި ބުރެވިގަސްމަގާއި ބޯގަންވިލާމަގު 1 ނަންބަރު ގޯޅިއެވެ. 

your imageހުޅުމާލޭގައި އެއްކޮޅަށް ދުއްވޭގޮތަށް ބަދަލުގެނައި މަގުތަށް..

އެޗްޑީސީން ބުނީ ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި، ފަސޭހަ މަގުތަކަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 14 ސަރަހައްދެއްގައި 1330 މަގު ބައްތި ޖެހުމާއި، މިހާރު ހުރި ގިނަ ބައްތިތަކެއް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް