ads
ވީޑިއޯ ރިޕޯޓް-
ކޮވިޑް 19: ހަމަޖެހުމުގެ ނޭވައެއް ނުލެވުނު!
ކޮވިޑްގެ އާލަމީ ވަބާ އަދިވެސް އޮތީ ރާއްޖޭގެ ބޯމަތީގައި ގުގުރާލަ ގުގުރާލައެވެ. ކޮންމެ ވަގުތަކު ވެސް އެ ބަލި މަޑުކަމުގެ ތޫނު ދުނިތަކުން ރާއްޖޭގެ ރައްޔިތުން ނެތިކޮއްލާފަނެވެ. މިކަމުގެ ކޮޅުމަތި މިހާރު ލޯ ކުރިމަތިން ފެންނަމުން އެބަދެ އެވެ.

ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން ހިނދެމުން ގޮސް ކުއްލިޔަކަށް ނަންބަރުތައް މައްޗަށް އަރަން ފަށައިފި އެވެ. އިއްޔެ ވެސް ރާއްޖެއިން ވަނީ 59 މީހުން ޕޮޒިޓިވްވެފައެވެ. ފާހަގަ ކޮއްލެވޭ އެއްކަމަކީ އެ މީހުންގެ ތެރެއިން ގިނަ އަދެއްގެ މީހުންނަކީ ރިސޯޓްތަކުން ޕޮޒިޓިވްވި މީހުން ކަމެވެ. އެއީވެސް އެ ރިސޯޓްގައި ހުސް މަސައްކަތް ކުރާ ފަރާތްތަކެވެ. 

މީގެ އިތުރުން ފެނިގެން ދިޔަ އަނެއް މަންޒަރަކީ އަތޮޅުތެރޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެންފެށި މަންޒަރެވެ. ގއ އިން ފެށިގެން ލ އަތޮޅުގެ ރަށްތަކާ ހަމައަށް މިހާރު ކޮވިޑްގެ އަނދިރި ވިލާގަނޑު ވަނީ ފޯރާފައެވެ. ގިނަ ބަޔަކު ވަނީ ހާސްކަމެއްގެ ތެރޭގައެވެ.

ރާއްޖޭގެ ސްކޫލުތައް ހުޅުވާފައިވާ މި ދަނޑިވަޅުގައި މިހާރު ފެނިގެން މިދަނީ އެކި ސްކޫލްތަކާ ގުޅުންހުރި ކޭސްތައް ފެންމަތިވާ މަންޒަރެވެ. ސްކޫލުތައް ހުޅުނުތާ ހަފްތާއެއް ނުވަނީސް މި ބިރުވެރި އަޑުއަހަން ޖެހި ހާސްކަމާއި ކަންބޮޑުވުން އިންތިހާއަށް ގެނުވައިފި އެވެ. 

ގައުމުގެ ހާލަތު މިހެން ހުރިއިރުގައި ދެން އޮއް ބޮޑު ސުވާލަކީ މިފަދަ ގޮތަކަށް ކޮވިޑްގެ ކޭސްތައް ފެންނަން ފަށައިފިނަމަ ރާއްޖޭގެ ސިއްހީ ނިޒާމަށް ހިފަހައްޓާލެވޭނެތޯ އުފެދޭ ސުވާލެވެ. މި ސުވާލުގެ ޖަވާބަކީ ނޫނޭކަން މި ސުވާލު ކުރާއިރު ހުދު އަޅުގަނޑަށް ވެސް އެގެ އެވެ. 

މިދިޔަ އަހަރުގެ މެދު ތެރޭގައި ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެގެންދިޔަ އެވެ. ކޮވިޑް-19 ގެ ދެވަނަ ރާޅު އަރާއި ހަމަކޮށް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހުންގެ އަދަދު 160 އާ ގާތްކުރުމާއެެކު ހޮސްޕިޓަލުތައް ފުރި، ސްކޫލުތައް އެކަމަށް ތައްޔާރުކުރާ ވާހަކަ ދައްކަން ފެށި އެވެ. ސިއްހީ ހިދުމަތްތެރިން ވަރުބަލިވެފައިވާ އެެވަގުތުގައި އަތޮޅު ތެރޭގެ ހާލަތު ގޯސްވެއްޖެނަމަ ފަރުވާދޭނެ އެކަށީގެންވާ ނިޒާމެއް ނެތް ވާހަކަ ވެސް އާންމުވި އެވެ. 

ދެވަނަ ރާޅު މަޑުމަޑުން ހިނދި ހަމަޖެހުމުގެ ނޭވާއެއް ރަނގަޅަށް ނުލެވެނީސް އަނެއްކާ ވެސް ކޮވިޑްގެ ކޭސްތައް އިތުރުވާން ފަށައިފި އެވެ. ވަކިން ހާއްސަކޮށް ގޮތް ނޭނގި ކޮވިޑްގެ ކޭސްތައް ފެންނަމުންދާތީ އެ ރަނގަބީލުގެ އަޑު އިންތިހާއަށް ގަދަ އެވެ. 

ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު ދަށްވެ، މަޑުމަޑުން ލުއިތައް ދެމުން އައިސް ގާތްގަނޑަކަށް އާންމު ދިރިއުޅުމަށް ރުޖޫއަވެވިއްޖެ އެވެ. މާސްކް އާއި ގައިދުރުކަން ދަމަހައްޓަނީ ވެސް މަދު ބައެކެވެ. ކޭސްތައް ދަށްވެ، ފަރުދީ ޒިންމާ ހަނދާނުން ކައްސާލީތޯ ނުވަތަ މި ކޭސްތަކަކީ އިދާރާތަކުން މާއަވަހަށް ރާއްޖޭގެ ހާލަތު ރަނގަޅުވީކަމަށް ދެކުމުންވީ ގޮތެއްތޯ ސުވާލު އުފެދެ އެވެ. 

މިހެން މި ފާހަގަކުރަން ޖެހުނީ ކޮވިޑް-19 ގެ ވެކްސިން ގެނައުމުގެ ދަތުރުގައި މާބޮޑަށް ބުރަވެ، މިވަގުތަށް ފޯކަސް ކުރަން އޮތް މިންވަރަށް ރަނގަޅަށް ފޯކަސް ނުކުރެވުމަކީ ވެސް ވެދާނެ ކަމަކަށް ވާތީ އެވެ. އަދި ހަމަގައުމުވެސް އަތޮޅުތަކުގައި މިބަލި ފެތުރި އަތުނުވާ ހިސާބަށް ގޮސްފިނަމަ، ރާއްޖެ އަޑިއަޅާލުމަކީ އަހަރެންގެ ނަޒަރުގައި ވުން ގާތް ކަމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް