ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާ ސަފީރު ސަންޖޭ ސުދީރު--
ހާއްސަ ހުއްދައިގެ ދަށުން އިންޑިއާއަށް ދިޔަ ދިވެހިންގެ އަދަދު 3000 އިން މައްޗަށް
ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގެ ބޯޑަރު ބަނދުކުރި ފަހުން، އެގައުމުން ރާއްޖެއަށް ދޭން ފެށި ހާއްސަ ހުއްދައިގެ ދަށުން މިހާތަނަށް ބޭސްފަރުވާއަށް އެ ގައުމަށް ދިޔަ ދިވެހިންގެ އަދަދު 3000 އަށްވުރެ މައްޗަށް އަރައިފި އެވެ.

މިކަން ހާމަކޮށް އިންޑިއާ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެގައި ބުނެފައިވަނީ، ކޮވިޑާއި ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކުރި ނަމަވެސް، ބޭސްފަރުވާއަށް ދިވެހިންނަށް އެގައުމަށް ދަތުރުކުރުމުގެ ހާއްސަ ހުއްދައެއް ދޫކުރަން ފެށީ އެކޮމިޝަނުން އަވަސް މަސައްކަތްތަކެއް ކޮށްގެން ކަމަށާއި، އެގޮތުން ހައި ކޮމިޝަންގެ މުވައްޒަފުން ވަނީ އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަސްތަކުގައި ވެސް ކެނޑިނޭޅި މަސައްކަތް ކޮށްފައި ކަމަށެވެ. 

އަދި އެފުރުސަތު ހޯދުމަށް މަސައްކަތްކުރީ އެއީ އިންސާނީ ކަރާމާތާ ގުޅިފައިވާ ކަމަށް ވުމުން ކަމަށާއި މިކަމުންވެސް ދިވެހިރާއްޖެ އާއި އިންޑިއާގެ މެދުގައިވާ ބައިލެޓަރަލް ގުޅުމުގެ ވަރުގަދަކަމާއި ބަދަހިކަން ސާބިތުކޮށްދޭ ކަމަށްވެސް ވަނީ ބުނެފައެވެ. 

ރާއްޖެއިން އިންޑިއާއަށް ބޭސްފަރުވާއަށް ދަތުރުކުރުމުގެ ހާއްސަ ހުއްދައިގެ ދަށުން ފުރަތަމަ ބެޗުގައި 37 ހާލުދެރަ ބަލިމީހުންނާއި އެހީތެރިން ހިމެނުނު އިރު މިހާތަނަށް މި ހުއްދައިގެ ދަށުން ދަތުރުކުރި މީހުންގެ އަދަދު ވަނީ 3،000 އަށްވުރެ މަތިވެފަ އެވެ. 

މީގެ އިތުރުންވެސް ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި، ކޮވިޑުގެ ހާލަތުގައި އެގައުމުން ރާއްޖެއަށް ފޯރުކޮށްދީފައިވާ މުހިންމު ބައެއް އެހީތައް ވަނީ ހިމަނާފައެވެ. އެގޮތުން މިދިޔަ އަހަރު އެކި ފަހަރުމަތިން އެގައުމުން ރާއްޖެއަށް ފޯރުކޮށްދީފައިވާ ޒަރޫރީ ބޭސް ޝިމްޕެންޓާއި، ކޮވިޑް-19 އިން އަރައިގަތުމާއި ގުޅޭގޮތުން ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށާއި، ސިވިލް ސާވިސް މުވައްޒަފުންނަށް ހިންގުނު ތަމްރީން ޕްރޮގްރާމް ތަކުގެ އިތުރުން، ރާއްޖޭގެ ނެޝަނަލް އިމިއުނައިޒޭޝަން ޕްރޮގްރާމްއަށް ދިމާވި ބީސީޖީ ވެކްސިންގެ ދަތިކަން ފޫބެއްދުމަށް، ވެކްސިންގެ 2400 ވައެލް ހަދިޔާ ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ. 

ހައިކޮމިޝަނުން ބުނީ ސިއްހީ ދާއިރާގެ އެއްބާރުލުމަކީ ރާއްޖެ އާއި އިންޑިއާގެ ދުވަސްވީ ގާތް ގުޅުމުގެ މުހިންމު އެއް ތަނބު ކަމަށާއި، ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ދެގައުމުގެ މެދުގައިވާ ސިއްހީ ދާއިރާގެ އެއްބާރުލުން ވަނީ އިތުރަށް ވަރުގަދަވެގެންގޮސްފައި ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް