ads
ފޮޓޯ::އެމްއެންޑީއެފް
ސާޖަންޓް މޭޖާ އޮފް އެމްއެންޑީއެފްއަށް ކޮމާންޑް ސާޖަންޓް މޭޖާ އަދުނާން އަލީ
އެންލިސްޓެޑް ސިފައިންގެ އެންމެ އިސް މަގާމު ކަމުގައިވާ ސާޖަންޓް މޭޖާ އޮފް އެމްއެންޑީއެފްގެ މަގާމަށް ކޮމާންޑް ސާޖަންޓް މޭޖާ އަދުނާން އަލީ ހަމަޖައްސަވައިފި އެވެ.

ބަންޑާރަކޮށީގައި މިއަދު މެންދުރުފަހު ބޭއްވި ސާޖަންޓް މޭޖަރް އޮފް އެމްއެންޑީއެފްގެ މަގާމުގެ ޒިންމާ ބަދަލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެކަމުގެ ލިޔުން ކޮމާންޑް ސާޖަންޓް މޭޖާ އަދުނާން އަލީއަށް ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ. 

އަދި ސާޖަންޓް މޭޖާ އޮފް އެމްއެންޑީއެފްގެ މަގާމުގެ ޒިންމާ ބަދަލުކުރުމުގެ ގޮތުން ދެވޭ ސިލޭހަ ހަވާލުކުރައްވާފައިވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އެވެ.

އެރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ޒޫމް މެދުވެރިކޮށް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ.

your imageފޮޓޯ::އެމްއެންޑީއެފް

އަދި ސާޖަންޓް މޭޖާ އޮފް އެމްއެންޑީއެފްގެ މަގާމުގައި ކުރިން ހުންނެވި ކޮމާންޑް ސާޖަންޓް މޭޖާ އަހްމަދު އަބްދުﷲ އާއި، އެ މަގާމާ އަލަށް ހަވާލުވެލެއްވި ކޮމާންޑް ސާޖަންޓް މޭޖާ އޮފް އެމްއެންޑީއެފް، ކޮމާންޑް ސާޖަންޓް މޭޖާ އަދުނާން އަލީ ވެސް ވަނީ އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވާފަ އެވެ.

އޭގެ އިތުރުން ސާޖަންޓް މޭޖާ އޮފް އެމްއެންޑީއެފްގެ މަގާމުގެ ޒިންމާ ކުރިން އަދާކުރެއްވި ސާޖަންޓް މޭޖާ އަހްމަދު އަބްދުﷲ އަށް ހިދުމަތުގެ އައްޑަނަ ވަނީ ހަވާލުކޮށްފައެވެ. އެ ރަސްމިއްޔާތުގައި ހިދުމަތުގެ އައްޑަނަ ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.

އެ ރަސްމިއްޔާތުގައި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުން އަދި އެންލިސްޓެޑް ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް