އެޗްއީއޯސީގެ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ހައެއް ޖެނުއަރީން ފެށިގެން 14 ޖެނުއަރީއާއި ހަމަޔަށް 86 ގެސްޓްހައުސްއެއް އިންސްޕެކްޓް ކުރެވިފައިވާ ކަމަށާއި، ފާސްކުރެވުނު ގިނަ ތަންތަން ހުރީ އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ.
މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް އިންސްޕެކްޓްކުރުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ ހަވަނަ ދުވަހު އެވެ. އެގޮތުން ހަ ވަނަ ދުވަހު މާލޭގެ 12 ގެސްޓްހައުސް އިންސްޕެކްޓް ކުރިއިރު ހުޅުމާލޭގެ 18 ތަނެއް އިންސްޕެކްޓްކޮށްފައިވާ ކަމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ ބުނެފައެވެ.
މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.