ads
ރަމަން އާއި އޭނާގެ އަންހެނުން ރާއްޖޭގައި
ރަމަންއާއި އަންހެނުންގެ ޗުއްޓީ ރާއްޖޭގައި!
ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޓީވީ ޝޯ، ޔޭހޭ މޮހައްބަތޭއިންގައި ރަމަން ބައްލާގެ ރޯލުން ފެނިގެންދިޔަ ކަރަން ޕަޓޭލް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އޭނާގެ އަންހެނުނާއި ދަރިފުޅާއެކު މީގެ ފަސް ވަރަކަށް ދުވަސްކުރިން ރާއްޖެއަށް އައިސްފައިވާއިރު ޗުއްޓީ ހޭދަކުރަމުންދަނީ ކޮން ތަނެއްގައިކަން ސާފެއް ނުވެ އެވެ. އެހެންނަމަވެސް ރަމަންގެ އަންހެނުންގެ އިންސްޓަގްރާމަށް ބަލާއިރު ރާއްޖޭގައި މިހޭދަކުރާ ޗުއްޓީގެ ފޮޓޯތަކާއި ވީޑިއޯތައް ވެސް ފެނިގެންދެ އެވެ.

އެގޮތުން ރާއްޖޭގެ ގޮނޑުދޮށުގައި ނަގާފައިވާ ރީތި ފޮޓޯތައް ހިއްސާކޮށްފައިވެ އެވެ. 

މިއީ ދަރިއަކު ލިބުން ފަހުން މި ދެތަަރިން ރާއްޖެއަށް ޒިޔާރާތްކުރި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން ރަމަން ފެނިގެންދިޔައީ އެކްތާ ކަޕޫރުގެ އެންމެ މަގްބޫލު އެއް ޑްރާމާ، ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިގައި ބަޖާޖުގެ ރޯލުން ކަރަން ސިންގް ގުރޯވާގެ ބަދަލުގަ އެވެ. 

ކަރަން ޕަޓޭލްއަކީ ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ، ޔޭ ހޭ މޮހޮއްބަތެއިންގައި ރަމަންގެ ރޯލުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. 

މީގެ ތިން އަހަރު ކުރިން 2015 ވަނަ އަހަރު ކަރަން، އަންކިތާ އާއި ކައިވެނިކޮށްފައިވާއިރު ދެމީހުން އެކަކު އަނެކަކަށް ތައާރަފުކޮށްދިނީ ޔޭ ހޭ މޮހައްބަތެއިންގައި ރަމަންގެ ކޮއްކޮގެ ރޯލުން ފެނިގެންދާ ރޯމީ ކަމަށް ރަމަން ބުނެ އެވެ.

އަންކިތާއަކީ ޔޭ ހޭ މޮހައްބަތެއިންގައި އިޝިތާގެ ބައްޕަގެ ރޯލުން ފެނިގެންދާ އަބޭ ބަރްގާވާގެ އަސްލު ދަރި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް