ads
ޖާންވީ، އޭނާގެ ބައްޕައާއެކު--
ބައްޕައަށް ދޮގު ހަދާ ޖާންވީ ދިޔައީ ދަތުރެއް
ބޮލީވުޑުގެ ޒުވާން ބަތަލާ، ޖާންވީ ކަޕޫރަކީ ވެސް މީހުންގެ ލޯތްބާއި ތާއީދު ހޯދަމުން އަންނަ ތަރިއެކެވެ. އެގޮތުން ޖާންވީ މިވަނީ އޭނާ އެކްޓަރަކަށްވުމުގެ ކުރިން އުޅުނު ގޮތެއް ހިއްސާކޮށްފަ އެވެ.

ޖާންވީ ބުނީ އެއް ފަހަރެއްގައި ބައްޕަ އަދި ޕްރޮޑިއުސަރު ބޮނީ ކަޕޫރަށް ދޮގު ހަދައި ލޮސް އޭންޖެލްސް އިން ލަސްވެގަސްއަށް އޭނާ ދަތުރުކުރި ކަމަށެވެ. 

އެއް ދުވަހުގެ އެ ދަތުރަކީ ފިލްމެއް ބަލަން ދާ ކަމަށް ބުނެ ނިކުމެ ކުރި ދަތުރެކެވެ. ޖާންވީ ބުނީ އޭނާ ލަސްވެގަސްއަށް ދިއުމަށް ފަހު އެތަނުގެ ތަންތަން ބަލާލާއި އަވަހަށް އައީ ކަމަށެވެ.

ކަރީނާ ކަޕޫރުގެ ޝޯގައި ވާހަކަ ދައްކަމުން ޖާޏްވީ އެކަން ހިއްސާކުރިއިރު ޖާންވީ ބުނީ އަނެއް ދުވަހުގެ ހެނދުނު އަނބުރާ ގެއަށް ދިޔަ ކަމަށެވެ. މިއަދާ ހަމައަށް ވެސް ބައްޕައަށް އެ ސިއްރު ފަޅާއެރިކަން ނުވަތަ ފަޅާއެރުމުން ދެންވީ ގޮތެއް ޖާންވީ ހިއްސާއެއް ނުކުރެ އެވެ. 

ކަރަން ޖޯހަރުގެ ދަޅަކް އިން ބޮލީވުޑަށް ތައާރަފުވި ޖާންވީގެ ކުރިއަށް ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި  ގުޑް ލަކް ޖެރީ އާއި ދޯސްތާނާ ދޭއް ހިމެނެ އެވެ. 

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް