ads
ހުކުރު ހުތުބާ އިއްވަނީ...
އުޒުރަކާ ނުލާ ހުކުރު އެޅުމަކީ ހިތްތަކުގަ ސިއްކަޖެހޭކަމެއް: ޝޭހް ޒައިދް
އެއްވެސް ޝަރުއީ އުޒުރަކާ ނުލާ ހުކުރުއަޅަން ހެޔޮނުވާނެކަމަށާއި އެއީ ހިތްތަކުގާ ސިއްކަޖެހޭ ކަމެއް ކަމަށް ޝޭހް އަލީ ޒައިދް ވިދާޅުވެއްޖެއެވެ.

މިއަދު ހުކުރަށް ވަޑައިގަތުމުގެ ކުރިން ޒައިދް ކުރެއްވި އިލްތިމާސްގައި ބުނެފައިވަނީ، ގިބްލަ ނޫންގޮތަކަށް މުސައްލަ އަޅާ ބޭފުޅޭއް ފެނިއްޖެ ނަމަ އެކަން އިސްލާހުކޮށްލާ ގިބްލަ އަށް އަށް މުސައްލަ އެޅުމަށް އެދެން ވާނެކަމަށެވެ. އަދި ހުކުރު އެޅުމަކީ ހިތްތަކުގައި ސިއްކަޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. 

"އެއްވެސް ޝަރުއީ އުޒުރަކާ ނުލާ ހުކުރު އަޅަން ހެޔޮނުވާނެ. އެއީ ހިތްތަކުގައި ސިއްކަ ޖެހޭކަމެއް،" - ޝޭހް އަލީ ޒައިދް

 

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ސުވަރުގޭގެ ނިއުމަތްތަކާއި، އެ ނިއުމަތްތައް ހޯދާނެ ގޮތުގެ މައްޗަށެެވެ. 

ދުނިޔޭގައި ހެޔޮ އަމަލުކޮށް، މާތް ﷲ އާއި އެކަލާނގެ ނަބިއްޔާ އަންގަވާފައިވާ ގޮތަށް އުޅޭ މީހުންނަށް ހުރި ތަނަކީ ނިއުމަތްތަކުން ފުރިގެންވާ ސުވަރުގެ ކަމަށް މިއަދުގެ ހުތުބާ ގައި ބުނެފައިވެއެވެ.

އެގޮތުން ސުވަރުގެއަކީ މި ދުނިޔޭގެ އެއްވެސް މީހަކަށް އެފަދަ ފުރިހަމަކަމެއް ފެނިފައި ނުވާ ތަނެއްކަމަށް ބުނެފައިވެއެވެ. އަދި ސުވަރުގެ އަކީ ދުވަހަކުވެސް މީހެއްގެ ހިޔާލަށްވެސް އަންނާނެ، އެތަނުގެ ފުރިހަމަކަމުގެ އަޑު އަވާފައިވެސް ނުވާ ތަނެއް ކަމަށް ބުނެފައިވެއެވެ.

ސުވަރުގޭގައި އަށް ދޮރިކޮޅެއް ވާކަމަށާއި، އެތަނުގައި މަލާއިކަތުން ސުވަރުގެވަންތަ ވެރީންނަށް އިސްތިގުބާލު ކުރައްވާ، މަރުހަބާ ކިޔުއްވާނެ ކަމަށް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ. އަދި އެ ދޮރުކޮޅުތަކުން އަމާންކަމާއި ރައްކާތެރިކަމާއެކު ސުވަރުގެ ވަނުމަށް ހުށަހަޅުއްވާނެ ކަމަށް ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް