ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އަބްދުއްރަހީމް އަބްދުﷲ--
ސަރުކާރު ޖަވާބުދާރީ ކުރުވަންވީ ވޯޓު ފޮށިން: ރައީސް ޔާމިން
މި ސަރުކާރު ވޯޓުން ބަލިކޮށް ޖަވާބު ދާރީ ކުރުވަން ވާނީ ވޯޓު ފޮށިން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގައި އިއްޔެ ރައީސް ޔާމީނާއި އަބްދުއްރަހީމް ބައްދަލުކުރައްވާފައިވާއިރު ރައްޔިތުންނަށް ރައްދުކޮށްދެއްވުމަށް އެދިވަޑައިގެން މެސެޖެއް ވެސް ދެއްވި އެވެ.

ރޭ އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި އެ މެސެޖް އަބްދުއްރަހީމް ހިއްސާކުރައްވާ، ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް މި ސަރުކާރުން އަނިޔާވެރިވި ނަމަވެސް އެމަނިކުފާނާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބޭތީ އެކަމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވާފަ އެވެ. 

އަބްދުއްރަހީމް ވިދާޅުވީ ވޯޓުން މި ސަރުކާރު ބަލިކުރުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމަށާއި އެގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ވޯޓު ފޮށިން މި ސަރުކާރަށް ޖަވާބުދާރީވާން ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އެހެންކަމުން، އެ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމަށެވެ. 

"ރައްޔިތުންގެ ހިތުގައި ހުރި އުދާސްތަކާއި ދިވެހިންނަށް އަނިޔާވެރިވާ އަނިޔާވެރިވުންތަކުގެ ޖަވާބު ވޯޓު ފޮށިން ދައްކަވާ،" - ރައީސް ޔާމިން

އަބްދުއްރަހީމް ވިދާޅުވީ ކައުންސިލް އިންތިހާބަކީ މި ސަރުކާރަށް ރައްޔިތުންގެ ތާއީދެއް އަދި އިތުބާރެއް ވެސް ނެތްކަން ދެއްކުމަށްޓަކައި ލިބިގެންދާ ވަރުގަދަ ފުރުސަތެކެވެ. 

އޭގެ އިތުރުން ރައީސް ޔާމީން 410 ދުވަހަށް ވުރެ ގިނަ ދުވަހު "އެއްވެސް ކުށެއް" ނެތި ގެންގުޅެފައިވާކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ކުށެއް ނެތް މީހަކު އެހާ ގިނަ ދުވަހު ޖަލުގައި ގެންގުޅުމަކީ މީގެ ކުރިން އެއްވެސް ވެރިކަމަކުން ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

އަބްދުއްރީމް ވަނީ ސަރުކާރުގެ އަނިޔާވެރިކަން ހައްދުން ނައްޓާފައިވާ ކަމަށާއި އެ އަނިޔާތަކަށް ކެތްތެރިވެގެން ރައްޔިތުން އަބަދު ނުތިބޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެކަން މީގެ ކުރިން، 2012 ވަނަ އަހަރުގައި އެމްޑީޕީން ތަޖުރިބާކޮށްފައިވާކަން ވެސް ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް