ads
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު--
"އެއްވެސް އިރެއްގައި ފަޅެއް ވިއްކުން ނުވަތަ ކުއްޔަށްދިނުމުގައި ބައިވެރިއެއް ނުވަން"
އެއްވެސް އިރެއްގައި ފަޅެއް ވިއްކުން ނުވަތަ ކުއްޔަށްދިނުމުގެ މުއާމަލާތެއްގައި ބައިވެރި ނުވާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ކުރިމަތިލުމަށް ނިންމާފައިވާއިރު، މުއިއްޒުއާ ދެކޮޅަށް ބަޔަކު އެންޓި ކެމްޕެއިން ކުރާ ކަމަށް ތުހުމަތުކޮށް ކުރެއްވި ޓުވީޓެއްގަ އެވެ.

އެގޮތުން އެ ޓުވީޓުގައި މުއިއްޒު ވަނީ މުއިއްޒުއާ ދެކޮޅަށް ކުރަމުން އަންނަ އެންޓި ކެމްޕެއިނުގައި ބޭނުން ކުރާ ފޮޓޯގަނޑެއް އެ ޓުވީޓުގައި ހިއްސާކޮށްފައެވެ.

އެ ފޮޓޯގަނޑުގައި މާލެ ކައިރީ އޮތް އެންމެ ބޮޑު ފަޅު ވިއްކާލުމުގެ މަސައްކަތުގައި އިސްވެ ހުންނެވީ މުއިއްޒު ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

މުއިއްޒު ކުރެއްވި ޓުވީޓުގައި އެ ތުހުމަތުތައް ދިގު ކުރައްވާފައިވެ އެވެ. އެގޮތުން އެއްވެސް އިރެއްގައި އެއްވެސް ފަޅެއް އެއްވެސް މީހަކަށް ވިއްކާލުމަށް ނުވަތަ ކުށްޔަށް ދިނުމުގެ މުއާމަލާތެއްގައި ބައިވެރި ނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މި ފަދަ އެހެން އެއްވެސް މުއާމަލާތެއްގައި ބައިވެރި ނުވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަކީ މާލެއަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ގުޅީފަޅު ހިއްކާ އެތަނުގައި ފްލެޓް އެޅުމަށް ރޭވިއެވެ. ނަމަވެސް އޭގެ ފަހުން އައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގުޅީފަޅުގެ އެ މަސައްކަތް ހުއްޓުނެވެ. 

މި މައްސަލައިގައި ވަރަށް ފަހުން މުއިއްޒު ވަނީ މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަމަގެ ހާއްސަ މަންޒިލަކަށް ގުޅީފަޅު ހެދުމަށް ސަރުކާރަށް ގޮވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް