ads
ފޮޓޯ: ވީއައިއޭ
ދެ ހަފްތާއިން އައި ފަތުރުވެރިންގެ އަދަދު ބައި ލައްކައާ ގާތަށް
މިއަހަރުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި ރާއްޖެެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު ބައި ލައްކައާ ގާތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮންމެ ދުވަހަކު އާންމުކުރަމުން އަންނަ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް ރާއްޖެއަށް ވަނީ 40،426 ފަތުރުވެރިއަކު ޒިޔާރާތްކޮށްފަ އެވެ. މިއަހަރު ފެށުން ފަހުން ރާއްޖެއަށް ކޮންމެ ދުވަހަކު ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު 2000 އިން މަތީގައި އުޅޭއިރު މިމަހު އެންމެ މަދުން ފަތުރުވެރިން ޒިޔާރާތްކުރީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

އެ ދުވަހު ރާއްޖެއަށް 1925 ފަތުރުވެރިން ޒިޔާރާތްކުރިއިރު މިމަހު އެންމެ ގިނަ ބަޔަކު އެއް ދުވަހެއްގެ ތެރޭގައި ޒިޔާރާތްކުރީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު 4195 ފަތުރުވެރިން އައެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ވެސް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރީ ރަޝިއާ އިންނެވެ. އެގައުމުން 10,002 ފަތުރުވެރިން އައިސްފައިވާއިރު ދެވަނައިގައި އޮތް އިންޑިއާއިން 5,727 ފަތުރުވެރިން އައިސްފައިވެ އެވެ. އަދި މި ލިސްޓުގެ ތިން ވަނައިގައި ޔޫކްރެއިން އޮތީ 3,472 ފަތުރުވެރިންނާއެކު އެވެ.

އޭގެ އިތުރުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި ލިސްޓުގައި ދެން ހިމެނެނީ ކަޒަކިސްތާނާއި ރޯމޭނިއާ އަދި ޔޫކޭ އާއި ފްރާންސް، ޖަރުމަނުގެ އިތުރުން ޔޫއެސްއޭ އާއި ސްވިޒަލޭންޑެވެ. 

މިއަހަރުގެ މިހާތަނަށް 582 ޓޫރިސްޓް ފެސިިޓީއަކުން ހިދުމަތް ދެމުން އަންނަ ކަމަށް މިނިސްޓްރީން ބުނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 141 ރިސޯޓާއި 11 ހޮޓަލާއި 133 ސަފާރީގެ އިތުރުން 297 ގެސްޓްހައުސް އެވެ.

މިދިޔަ އަހަރު 555,399 ފަތުރުވެރިންނާއެކު ނިންމާލިއިރު މިއަހަރުގެ އަމާޒަކީ 1.7 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް