ads
އިންޓޮނޭޝިޔާއައް އައި ބިންހެލުން
އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމެއްގައި 34 މީހުން މަރުވެއްޖެ
އިންޑޮނޭޝިއާގެ ސުލަވެސީއަށް އައި ބާރުގަދަ ބިންހެލުމެއްގައި 34 މީހުން މަރުވެ 600 އައްވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.

ރެކްޓަރު މިންގަނޑުން 6.2 ގެ ބާރުގަދަ ބިންހެލުން ސުލަސެވީއަށް އައިސްފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. ބިމުގެ ދިހަ ކިލޯ މީޓަރު އަޑިން އައި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިފައިނުވިނަމަވެސް އޭގެ ސަބަބުން ޗަކަ ފޭބުމުގެ ހާދިސާތައްވަނީ މެދުވެރިވެފައެވެ. 

ގިނަ އަދަދެއްގެ އިމާރާތްތަކަށް ގެއްލުން ލިބިމުގެ ސަބަބުން 15،000 އަށްވުރެ ގިނަ މީހުންވަނީ އެހެން ސަރަހައްދުތަކަށް ދިއުމަށް މަޖުބޫރުވެފަ އެވެ. ގެއްލުން ލިބުނު ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތްވެސް ވަނީ ކެނޑިފަ އެވެ.

މާޖީން ކިޔާ ސިޓީއާއި ހަ ކިލޯމީޓަރު ދުރުން އައި ބިންހެލުމުގެ ސަބަބުން އެ ސިޓީގެ އުތުރުގައި އޮންނަ މަމުޖޫ ސިޓީގެ ހޮސްޕިޓަލެއް ބިމާއި ހަމަވެފައިވާއިރު އެ ހޮސްޕިޓަލުގައި ތިބި ގިނަ އަދަދެއްގެ ބަލި މީހުންނާއި މުވައްޒަފުންވަނީ އިމާރާތުގެ ދަށުވެފަ އެވެ. އަދި އެމީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ކަމާއިބެހޭ ފަރާތްތަކުން މައުލޫމާތުދެ އެވެ.

ބިންހެލުމުގެ ސަބަބުން މިހާތަނަށް މަރުވެފައިވާ އެންމެންނަކީވެސް މަމުޖޫ ސިޓީން މަރުވެފައިވާ މީހުންނެވެ. އަދި މަރުވެފައިވާ މީހުންގެ އަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާކަމެއްކަމަށް އެ ސިޓީގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުންޏެވެ.

ސުނާމީއެއްގެ އިންޒާރު މިހާތަނަށް ދީފައިނުވިނަމަވެސް ބިންހެލުމުގެ ސަބަބުން އުފެދޭ ބާރުގަދަ ލޮޅުންތަކުގެ ސަބަބުން ސުނާމީއެއް އުފެދުމުގެ ފުރުސަތުއޮތްކަމަށް އިންޑިނޭޝިއާގެ މީޓިއޮރޮލޮޖީ އެންޑް ޖިއޯފިޒިކްސް އޭޖެންސީއިން ވަނީ ބުނެފަ އެވެ.

އިންޑޮނޭޝިއާއަށް އައި 6.2 ރެކްޓަރު މިންގަނޑުގެ ބިންހެލުމުގެ ކުރިން، އޭގެ ކުރީ ދުވަހު 5.9 ރެކްޓަރު މިންގަނޑުގެ ބިންހެލުމެއް އެ ގައުމަށްވަނީ އައިސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް