ads
ފޮޓޯ: އިމިގްރޭޝަން --
ޓްރެވަލް ފްރީޑަމް ލިސްޓުގެ އެއްވަނަ އަނެއްކާވެސް ދިވެހި ޕާސްޕޯޓަށް!
ސައުތު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ވިސާއާއި ނުލާ އެންމެ ގިނަ ގައުމުތަކަށް ދަތުރުކުރެވޭ ލިސްޓް (ޓްރެވަލް ފްރީޑަމް ލިސްޓް) ގެ އެއްވަނަ އަނެއްކާވެސް ދިވެހި ޕާސްޕޯޓަށް ލިބިއްޖެ އެވެ.

އެ ލިސްޓުގެ އެއްވަނަ މަގާމު، ދިވެހި ޕާސްޕޯޓަށް މީގެ ކުރިން ވަނީ ދެ ފަހަރެއްގެ މަތިން ލިބިފައެވެ. ވިސާއާއި ނުލާ އެންމެ ގިނަ ގައުމުތަކަށް ދަތުރުކުރެވޭ ގައުމުތަކަށް ބަލައި އެކުލަވާލި ހެންލީ ޕާސްޕޯޓް އިންޑެކްސްގައި ރާއްޖެއަށް 85 ޕޮއިންޓް ލިބިފައިވެ އެވެ. 

އިމިގްރޭޝަން އިން ބުނީ އެ ލަގަބު ރާއްޖެެއަށް ލިބުމާއިއެކު މިހާރު ވިސާއާ ނުލައި ދުނިޔޭގެ 85 ގައުމަކަށް ދިވެހި ޕާސްޕޯޓު ބޭނުންކޮށްގެން ދަތުރު ކުރެވޭނެ ކަމަށެވެ. އަދި އެ ލިސްޓުގެ ސައުތު އޭޝިއާ ގައުމުތަކުން އެއްވަނަ ރާއްޖެއަށް ލިބިފައިވަނީ ރާއްޖޭގެ ޕާސްޕޯޓުގެ ސައްހަކަމާއި ސެކިޔުރިޓީގެ ވަރުގަދަކަން ދުނިޔެ ބަލައިގަންނާތީ ކަމަށެވެ. 

ސައުތު އޭޝިއާ ގައުމުތަކުގެ ތެރެއިން އެއްވަނަ ދިވެހި ޕާސްޕޯޓަށް ލިބިފައިވާއިރު އެ ލިސްޓުގެ ގްލޯބަލް ރޭންކިންގައި ރާއްޖެ އުޅެނީ 62 ގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް