އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާއްމުކުރި މައުލޫމާތައް ބަލާއިރު ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ އިތުރު 13 ކެންޑިޑޭޓަކު އިއްޔެ ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ކޮމިޝަނުން ހުޅުވާލި ފަހުން މިހާތަނަށް ޖުމުލަ 26 ވުރެ ގިނަ ކެނޑިޑޭޓަކު ވަނީ ނަން އަބުރާ ގެންގޮސްފައެވެ.
އޭގެ ތެރޭގައި އެންމެ ގިނައީ އެމްޑީޕީއަށް ނިސްބަތްވާ ކެނޑިޑޭޓުންނެވެ. އެގޮތުން އިތުރަށް ނަން އަބުރާ ގެންގޮސްފައިވާ އަށް ކެނޑިޑޭޓުންނާއިއެކު މިހާތަނަށް އެމްޑީޕީގެ 17 އަށްވުރެ ގިނަ ކެނޑިޑޭޓުން ވަނީ ނަން އަބުރާ ގެންގޮސްފައެވެ.
އެމްޑީޕީން އަލަށް ނަން އަބުރާ ގެންގޮސްފައިވާ ކެނޑިޑޭޓުން:
އެގެ އިތުރުން އިސީން އާއްމުކޮށްފައިވާ މައުލޫމާތައް ބަލާއިރު ނ. ކެނދިކުޅުދޫ ކައުންސިލްގެއަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑި އަށް ކުރިމަތިލާފައިވާ ޕީޕީއެމްގެ ކެނޑިޑޭޓަކާއި ލ. ގަމު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާފައިވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަގޮތުން ކުރިމަތި ލާފައިވާ ތިން މެމްބަރަކު ވެސް ވަނީ ނަން އަބުރާ ގެންގޮސްފައެވެ.
އަމިއްލަގޮތުން ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ނަން އަބުރާ ގެންގޮސްފައިވަނީ އދ. މާމިގިލީ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާފައިވާ މެންބަރަކާއި، ރ.ރަސްގެތީމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓެއްގެ އިތުރުން ރ. އިނގުރައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓެކެވެ.