ads
ފުރަތަމަ އަންހެން މެޗު ކޮމިޝަނަރ ޝާނީޒް--
ފުރަތަމަ އަންހެން މެޗު ކޮމިޝަނަރު ކަމަށް ޖަވާގެ އަންހެނުން
ދިވެހި ލީގުގައި ފުރަތަމަ ފަހަރަށް މެޗު ކޮމިޝަނަރުކަން ކުރި ދިވެހި އަންހެން މެޗު ކޮމިޝަނަރުގެ ޝަރަފު، އެފްއޭއެމްގެ ޖެެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒުގެ އަންހެނުން އައިމިނަތު ޝާނީޒް ހޯދައިފިއެވެ. ޝާނީޒް މެޗު ކޮމިޝަނަރުކަން ކޮށްފައިވަނީ ދިވެހި ލީގުގައި ހުކުރު ދުވަހުގެ ރޭ ކްލަބު އީގަލްސްއާ ގްރީން ސްޓްރީޓްސް ވާދަކުރި މެޗުގެއެވެ.

ހުކުރު ދުވަހުގެ ރޭ ކްލަބު އީގަލްސް އަތުން ގްރީން ސްޓްރީޓްސް މޮޅުވި މެޗުގެ މެޗު ކޮމިޝަނަރުކަން ކުރުމާއި އެކު ޖަވާޒުގެ އަންހެނުން، އަދި އެފްއޭއެމްގެ އެކްސްކޯ މެންބަރު އައިމިނަރު ޝާނީޒް ވަނީ ތާރީހުގެ ތެރެއިން ޖާގަ ހޯދާފައެވެ. 

ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެން މެޗު ކޮމިޝަނަރަކު އެކަން ކުރި ނަމަވެސް ދުނިޔޭގައި މިއީ އާއްމު ކަމެކެވެ. ފުރަތަމަ ފަހަރަށް މެޗު ކޮމިޝަނަރުކަން ކުރުމުގެ ފަހުރު ޝާނީޒް ހޯދި ނަމަވެސް ދެހާސް ނަވާރަ އަހަރު ރާއްޖޭގެ އެއްވެސް ކްލަބަކަށް އޭއެފްސީ ކަޕު ނުކުޅެވުނީ ޝާނީޒް އޭއެފްސީ ލައިސެންސިން އޮފިސަރަކަށް ހުރެ، ދިވެހި އެއްވެސް ކްލަބެއްގެ ލައިސެންގެ ކަންކަން ފުރިހަމަ ނުކުރުމުންނެވެ. 

އޭގެ ފަހުން އެފްއޭއެމުން ވަނީ އެ މަސައްކަތް އެފްއޭއެމްގެ އެހެން މުވައްޒަފަކާ ހަވާލުކޮށްފައެވެ. ރާއްޖޭގެ އެއްވެސް ކްލަބަކަށް އޭއެފްސީ ކަޕުން ފުރުސަތު ނުލިބުނު މައްސަލަ ބެލުމަށް ކުޅިވަރު ވަޒީރު ވަނީ ކޮމިޓީއެއް އެކުލަވާލައި އެކަން ހިނގި ގޮތް ބަލާނެ ކަމަށް އޭރު ވިދާޅުވެފައެވެ. އެހެންނަމަވެސް އެކަން ފަހުން ނުކުރެއެވެ. 

އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ ޝާނީޒް މެޗު ކޮމިޝަނަރުކަން ކުރުމުން އެކަމަށް މަރުހަބާ ކިޔާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް